ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ ރެޑް ކްރޮސް ރެޑް ކްރެސެންޓް ދުވަހާއި ގުޅުވައިގެން ކުޑަ ކުދިންގެ ދުވަހު ސްޓޯލްތަކެއް ބަހައްޓަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ރެޑް ކްރޮސް ރެޑް ކްރެސެންޓް ދުވަހާއި ގުޅުވައިގެން ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ސްޓޯލްތަކެއް ބަހައްޓަން ނިންމައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ބުނެފައިވަނީ ކުޑަކުދިންގެ ދުވަހު ހާއްސަ ސްޓޯލްތަކެއް ބަހައްޓަން ނިންމާފައިވަނީ ބައިނަލްއަގުވާމީ ރެޑް ކްރޮސް ރެޑް ކްރެސެންޓް ދުވަހާއި ގުޅުވައިގެން ކަމަށެވެ. އަދި އެ ސްޓޯލްތަކުން ދަރުމަވެރިން ކުރަމުން އަންނަ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ދައްކުވައިދޭނެ ކަމަށް ބުނެފައިވެއެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ރެޑް ކްރެސެންޓުގެ އެކި ޔުނިޓުތަކުން މި ދުވަސް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް ފާހަގަކުރިއެވެ.

ރެޑް ކްރެސެންޓުން ބުނެފައިވަނީ ނިމިދިޔަ 15 އަހަރު ވަރަށް ގިނަ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެއަށް ދިމާވި ފެނުގެ ހާދިސާއާއި އަދި ކޮވިޑްގެ ބަލި މަޑުކަމުގެ ތެރޭގައިވެސް ރެޑް ކްރެސެންޓުގެ އެތައް ދަރުމަވެރިންނެއް ހަރަކާތްތެރި ވި ކަމަށް ވަނީ ބުނެފައެވެ.

ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތްތަކުގައި އަބަދުވެސް ބޭނުންވެއްޖެ ނަމަ ބައިވެރިވެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ރެޑް ކްރެސެންޓުގެ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ފަރާތަކަށްވެސް ދަރުމަވެރިއަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް ރެޑް ކްރެސެންޓުން ވަނީ ފާހަގަކޮށްފައެވެ. އަދި އިތުރު މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: