ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ފ އިން ފުވައްމުލަށް ސިޓީއަށް ހުދު ސަމާލު!

މާލެ ވިއްސާރަ ދުވަހެއްގައި/ފޮޓޯ: އެޓޯލް ޓައިމްސް/އަނޫފް ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ފ އަތޮޅުން ފުވައްމުލަށް ސިޓީއަށް ހުދު ސަމާލެއް ނެރެފައިވެއެވެ. މި ސަމާލު ދެމި އޮންނާނީ މިއަދު އިރުއޮއްސި 6:30 އިން ދަންވަރު 12:30ގެ ނިޔަލަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެ، ވައިގެ ބާރުމިން ގަޑިއަކަށް 40 މޭލަށް އަރާފާނެކަމަށް ލަފާކުރެވެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް މޫސުމާ ގުޅޭ ސަމާލު މޭޓް އޮފީހުން ވަނީ ނެރެފައެވެ. އަދި ވިއްސާރައިގެ ސަބަބުން ކަނޑުތައް ގަދަވެ، ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި ހާލަތާ ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ”މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް“ އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށްވެސް އިރުޝާދު ދީފައިވެއެވެ.

މޫސުން ގޯސްވެފައިވާ ދުވަސްވަރެއްގައި ދަތުރުފަތުރު ކުރަންޖެހޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް މޫސުމާބެހޭ ގައުމީ އިދާރާގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: