ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ރިޓަޔަރ ކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، އަލީ ޝުޖާއު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޝުޖާއު ރިޓަޔަރ ކުރެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި އޭނާ ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރަސްމިއްޔާތުގައި ޝުޖާއުއަށް ވަނީ ޝަރަފުގެ ހަނދާނީ ފިލައާއި ރިޓަޔަރމަންޓް ކާޑު އަރުވާފައެވެ.

2008 ވަނަ އަހަރު ކޮމިޝަންޑް ރޭންކަށް އިސްކުރެވުނު ޝުޖާއު ވަނީ ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮފެޝަނަލް ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ޚިދުމަތް ތަމްސީލު ކުރައްވާފައިވެއެވެ.

2023 ޑިސެމްބަރު 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި ނަމަވެސް، ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅެއްގެ މައްޗަށް ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާ އެކު އޭޕްރިލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: