ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ގަމުގައި އެއާޕޯޓެއް އޮތް ނަމަވެސް، ހުޅުމީދުއަށްވެސް އެއާޕޯޓެއް ބޭނުންވޭ: ޝާހިދު

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ގަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ނަމަވެސް، ހުޅުމީދު އަށް ވެސް މިހާރު އެއާޕޯޓެއް ބޭނުންވާކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލްގެ ބަހުސްގައި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އައްޑޫގައި އެއްފަސްކޮށް އޮންނަ ރަށްތަކާ މުޅިން ވަކިން އޮންނަ ހުޅުމީދޫއަށްވެސް މިހާރު އެއާޕޯޓެއް ބޭނުންވާކަމަށް މެންބަރު، ވިދާޅުވީއިރު ހިތަދޫ އާއި މީދޫ ބްރިޖަކުން ގުޅުވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހުޅުމީދޫއަށް ހާއްސަ އެއާޕޯޓެއް ބޭނުންވަނީ ކަނޑުގަދަ ދުވަސްވަރެއް ނަމަ ދަތުރުރުކުރުމުގައި ދިމާވާ އުނދަގޫތަކުގެ ސަބަބުންކަމަށް ޝާހިދު ވިދާޅުވިއެވެ. ދުވާލަކު 300-400 ރައްޔިތުން ހުޅުދު އާއި މީދު އާއި ގަމާއި ފޭދު އާއި ހިތަދުއާ ދޭތެރޭގައި ދަތުރުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުދޫގައި އެއާޕޯޓެއް ހެދުމަކީ ނުވާނެކަމެއް ނޫންކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އެއީ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ދެއްކުންކަމަށް މެންބަރު ވިދާޅުވިއެވެ.

ރައްޔިތުން އަޅުގަނޑުމެން ގާތު މި އެދެނީ މި ތަރައްގީ އާއި ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް.

ޝާހިދު ވިދާޅުވިއެވެ.

ހުޅުދު އާއި މީދުއަކީ ވަކި ސިޓީއެއްގެ ގޮތުގައި ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް މެންބަރު ވިދާޅުވިއެވެ. މި ސަރުކާރުން އެ ވައުދުވެސް ފުއްދާނެކަމަށް ވިދާޅުވިއެވެ. އައްޑޫގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވަނީ ވަރަށް ގިނަ ވައުދުތައް ވެފައިކަމަށް ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވެސް މިދަނީ ކުރަމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: