އެލައިޑް ފެސްޓް މިއަހަރު އަތޮޅު ތެރެއަށް ފުޅާކޮށް، ކުލަގަދަކޮށް ކުރިއަށް ގެންދާނެކަމަށް އެލައިޑުން ބުނެފިއެވެ.
ކުންފުނީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދިން ގޮތުގައި އެލައިޑް ފެސްޓަކީ އާއިލީ ހަވީރެކެވެ. ކުޑަ ކުދިންނާއި ގުޅޭ ހަރަކާތްތައްވެސް މި ހަވީރުގައި ކުރިއަށްދާއިރު، މީގެ ތެރެއިން އެލައިޑްގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ލިބޭނެކަމަށް އެލައިޑުން ވަނީ މައުލޫމާތުދީފައެވެ. އެގޮތުން އާއިލާތަކާއި ގުޅުން ހުރި ހިދުމަތްތަކާއި، ސޭވިން ހެބިޓްތަކާއި ގުޅޭ އެވެއާނެސް ފޯރުކޮށްދޭނެކަމަށް ބުންޏެވެ.
އެލައިޑް ފެސްޓް މީގެ ކުރިން 4 އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިއީ އެލައިޑަށް 40 އަހަރު ފުރޭ އަހަރުކަމަށްވާތީ، މިއަހަރުގެ ފެސްޓް ކުރިއަށް ދާނީ ކުރިއަށްވުރެ ކުލަ ގަދަވާނެކަމަށް އެލައިޑުން ފާހަގަކުރެއެވެ.
އެލައިޑް ފެސްޓް މީގެ ކުރީގައި ކުރިއަށް ގެންގޮސްފައިވާނީ ހަމައެކަނި މާލޭގައި ނަމަވެސް، މިއަހަރު އަތޮޅުތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށް އެލައިޑުން ބުންޏެވެ. އެގޮތުން 5 އަތޮޅެއްގައި އެލައިޑް ފެސްޓް ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން އެލައިޑް ފެސްޓްގެ މިއަހަރުގެ ފުރަތަމަ އެޑިޝަން ކުރިއަށް ގެންދާނީ ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށް ހދ ކުޅުދުއްފުށީގައެވެ. އައްޑޫގައި ޖޫން 20 ގައި އެލައިޑް ފެސްޓް ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

