ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު މުއުތަސިމް ރިޓަޔަރ ކުރައްވަން ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން ރިޓަޔަރ ކުރައްވަން ހުށަހަޅުއްވައިފިއެވެ.

އެމަނިކުފާނު ސިއްޙީ ސަބަބުތަކާހުރެ ރިޓަޔަރ ކުރައްވަން ހުށަހެޅުއްވީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ފަނޑިޔާރުކަމުން ރިޓަޔާކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ ސެކްރެޓޭރިއަޓަށް ވަނީ ސިޓީ ފޮނުއްވަވާފައެވެ.

އުއްތަމަފަނޑިޔާރު ރިޓަޔަރ ކުރައްވާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައިވެސްވެއެވެ. އެގޮތުން ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި އެމަނިކުފާނު ވަނީ އެފަދަ އިޝާރާތެއް ދެއްވާފައެވެ.

މުޢުތަޞިމް އަދުނާނަކީ މީގެކުރިންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރެކެވެ. އެގޮތުން އޭރު މުޢުތަޞިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ތިރިކުރުމަށް ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ޤާނޫނަށް ގެންނެވި އިޞްލާޙާ ގުޅިގެންނެވެ. އޭގެ ފަހުން އަނެއްކާވެސް މުއުތަސިމް ސުޕްރީމް ކޯޓަށް އައްޔަނު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ވެރިކަމުގައެވެ.

މި ދަނޑިވަޅަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކަކާއި ޖިނާއީ މައްސަލަތަކެއް ބަލަން ފަށައި، އަދި ސުލޫކީ މައްސަލަތަކެއް ސާބިތުވެ އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހަށްވެސް ހުށަހެޅިފައިވާ ދަނޑިވަޅެކެވެ. އެގޮތުން ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ރިއާޔަތްކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފާސްކޮށްފައިވާއިރު، އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: