ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކޮށް ޅ އަތޮޅުން ވ އަތޮޅަށް ވައިޓް އެލަރޓް!

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ޅ އަތޮޅުން ވ އަތޮޅާއި، ދެމެދުގެ ރަށްތަކަށެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 14:45ން ފެށިގެން އިން މެންދުރުފަހު 19:00 އާ ހަމައަށެވެ.

އެވަގުތު ތަކުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން ވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުތައް ރާވައި ކުރިއަށް ގެންދިއުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު (ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް) ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމަކަށް ވާ ގޮތަށް ކަނޑުދަތުރުގެ ސަލާމަތާ ބެހޭ ގަވައިދު ވަނީ އިސްލާހުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: