ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއައިބީގެ ހިދުމަތް ފުޅާކުރަން އަމީނީ މަގުގައި އޭޓީއެމްއެއް ހުޅުވައިފި!

ފިނޭންސް މިނިސްޓްރީގެ ކޮށީގައި ހުޅުވިގެންދިޔަ އޭޓީއެމް/ފޮޓޯ: އެމްއައިބީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިތުރު އޭޓީއެމްއެއް ހުޅުވައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީގެ ކޮށީގައި ގާއިމުކޮށްފައިވާ މި އޭޓީއެމްއަކީ ޑޮލަރާއި ރުފިޔާ ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ އޭޓީއެމްއެކެވެ.

އެމްއައިބީން މައުލޫމާތު ދެއްވިގޮތުގައި، އަމީނީ މަގުގައި ހުޅުވާލެވުނު މި އައު އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބެން ހުންނާނެއެވެ. މި އޭޓީއެމްއާއެކު މާލޭގެ 4 ސަރަހައްދަކުން ޑޮލަރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބިގެންދާނެއެވެ. އެއީ އެމްއައިބީ ހެޑް އޮފީހުގެ އޭޓީއެމްއާއި، އާޓިފިޝަލް ބީޗު ކުރިމަތި، ރީޓެއިލް ބްރާންޗް އަދި ފާމުދޭރިގޭގައި ހުންނަ އޭޓީއެމްއެވެ.

މީގެއިތުރުން، ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ 2 އޭޓީއެމް މަޖީދީ މަގާއި އައިޖީއެމްއެޗުގައިވެސް ހުރެއެވެ. އެމްއައިބީއަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.

އެމްއައިބީން ހިދުމަތް ފުޅާކުރުމުގެ ގޮތުން 2024 ވަނަ އަހަރުގައި އިތުރު 19 ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިވަގުތު 39 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ދެމުންދާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން 37 ރަށެއްގައި 62 އޭޓީއެމް ހުޅުވުމަކީ އެ ކުންފުނީގެ އަމާޒެއްކަން ފާހަގަކޮށްލެވެއެވެ.

އެމްއައިބީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ސޭވިންގސް އެކައުންޓްތަކާއި، ފައިނޭންސިންގ ހިދުމަތްތަކާއި، އިސްލާމީ މާލީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޑިޖިޓަލް ބޭންކިންގގެ ހިދުމަތްތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: