ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލޫރަލްޕްލަސް25ގައި ދިވެހި ޒުވާނުން ބައިވެރިވުމުގެ ފުރުސަތު އ.ދ އިން ހުޅުވައިލައިފި

ފޮޓޯ: ވެކްޓީޒީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއެން އިން ދަ މޯލްޑިވްސްއިން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”ޕްލޫރަލް ޕްލަސް ޔޯތު ވީޑިއޯ ފެސްޓިވަލް“ ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ހުޅުވާލައިފިއެވެ.

މި ފެސްޓިވަލަކީ އ.ދ އިން ހިޖުރަކުރުމާއި، ޑައިވަސިޓީއާއި އިޖުތިމާއީ ހިމެނުމުގެ މައުލޫއަށް އަމާޒުކޮށްގެން ބާއްވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގެ މައިގަނޑު މަޤްސަދަކީ ޒުވާނުންނަށް ފިލްމު އުފެއްދުމުގެ ފުރުސަތު ހޯދައިދިނުމާއެކު، އިޖުތިމާއީ ބަދަލު ގެނައުމުގައި ޒުވާނުންގެ ދައުރު ފާހަގަކުރުމެވެ.

ޔޫއެން މޯލްޑިވްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކުން #PLURALplus25 ހޭޝްޓޭގް ބޭނުންކޮށްގެން ވީޑިއޯ ހުށަހެޅިދާނެއެވެ. އަދި ހުށަހަޅާ ވީޑިއޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޒުވާނުންނާ ގުޅިގެން، ހިޖުރަކުރުމާއި، އެއްބައިވަންތަކަމާއި، އިޖްތިމާޢީ ޝާމިލުވުމުގެ ވާހަކަތައް ހިމެނިދާނެއެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 15 ޖޫން 2025ގެ ނިޔަލަށް ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ޔޫއެން މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ.

މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބުމަކީ، ދުނިޔޭގެ ފެންވަރުގެ ޕްލެޓްފޯމެއްގައި ޒުވާނުންގެ އަޑު އުފުލުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށް ބެލެވެއެވެ. މި ފެސްޓިވަލްގެ ސަބަބުން ދިވެހި ޒުވާނުންނަށް އެމީހުންގެ އުފެއްދުންތެރިކަމާއި ހުނަރު ދުނިޔެއަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: