ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މ. މުލީގައި ތަރައްގީކުރެވިގެންދިޔަ އެއާޕޯޓު ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވައިލައިފި

މ. މުލި އެއާޕޯޓް/ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މ. މުލީގައި ގާއިމުކުރެވިގެންދިޔަ އެއާޕޯޓް މިހާރުވަނީ ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފައެވެ. މިއީ މުލަކު އަތޮޅުގައި ތަރައްގީކުރެވުނު އެންމެ ފުރަތަމަ އެއާޕޯޓެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށުނު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އަދި 2023 ވަނަ އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަންތައް ފެށުމަށް ރޭވިފައިވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަޝްރޫއުގެ މަސައްކަތްތައް ލަސްވެގެން ގޮސްފައިވެއެވެ.

ރީޖަނަލް އެއާޕޯޓްސްއިން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މުލީ އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިހާރުވަނީ ހުޅުވާލައިފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންތައް ހިންގާ މޯލްޑިވިއަން، ވިލާ އެއާ އަދި މަންޓާ އެއާ އަށް މި ފުރުސަތު ހުޅުވާލައިފައިވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެއާޕޯޓުގެ މަސައްކަތްތައް ނިމުމާ ގުޅިގެން، މިދިޔަ މަހުގެ 25 ވަނަ ދުވަހު އެއާޕޯޓުގެ ރަންވޭގައި ޓެސްޓް ފްލައިޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެއާޕޯޓު ހުޅުވުމާއެކު މުލަކު އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: