ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ޓިކެޓުތައް އަގުބޮޑުވަނީ ކުންފުނީގެ ހަރަދުތައް ބޮޑުކަމުން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގުތައް ކުޑަނުކުރެވެނީ ކުންފުނީގެ ހަރަދުތައް ބޮޑުވުމުންނާއި އެކަން ފޫބެއްދޭނެ ގޮތެއް ނެތުމުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ވައިގެ ދަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ހުށަހެޅިފައިވާ ބިލުގައި ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ބާރު ހަމައެކަނި ވަޒީރަށް ލިބިދީފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، ޚާއްޞަކޮށް ގެސްޓްހައުސް އިންޑަސްޓްރީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާއިރު، އެއްތަނުން އަނެއްތަނަށް ފަތުރުވެރިން އުފުލޭނެ އަގުހެޔޮ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައި ނެތުން އެއީ ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މައުރޫފް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ އެއަރޕޯޓުތަކެއް އެޅި، ބޭރުން ސީދާ ފަތުރުވެރިން އަންނާނެ ނިޒާމެއް ގާއިމުކުރެވި، ގެސްޓްހައުސްތައް ބިނާކުރެވި، އެ ސަރަހައްދުގެ އިގްތިސާދު ރަނގަޅުވެގެން ދިޔުމުން މުޅި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ލުއިތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި އެއަރލައިންތަކާއި އޭވިއޭޝަން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާއިރު، ރާއްޖޭގައި އެ ދާއިރާއިން ރަނގަޅު ކުރިއެރުމެއް ހޯދިފައިނުވަނީ ކޮން ސަބަބަކާ ގުޅިގެންކަން ބަލައި ދިރާސާކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: