ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑް ފެސްޓްގެ ފެށުން މިއަހަރުގެ ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްފި

އާއިލީ ހަވީރު "އެލައިޑް ފެސްޓް"
ޝެއާރކޮށްލާ ކަހަލަދޯ؟

އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް މާލޭގައި ބާއްވަމުންދާ އާއިލީ ހަވީރު ”އެލައިޑް ފެސްޓް“ އަތޮޅުތެރެއަށް ފުޅާކޮށް، ކުޅުދުއްފުށީގައި މިހަރަކާތް ކުރިޔަށްގެންގޮސްފިއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަވީރު އިންތިޒާމްކޮށްފައިވަނީ އެލައިޑް އިންޝުއަރަންސާއި ކްލަބް ކޮރަލްސް، ހދ.އަތޮޅު ތައުލީމީ މަރުކަޒު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.

އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާއިއެކު ކުރިޔަށްގެންދިޔަ މިހަވީރުގައި ގިނަ އަދަދެއްގެ އާއިލާތަކަކުން ވަނީ ބައިވެރިވެފައެވެ.

އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ އެލައިޑް ފެސްޓަށް އާއިލާތަކުން ދެއްވި ތަރުހީބު ފާހަގަކޮށް އެލައިޑުން ވަނީ މިހަރަކާތް މިހާ ފުރިހަމަ ގޮތެއްގައި އިންތިޒާމް ކުރުމަށް އަތުގުޅާލި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

އެލައިޑުން މައުލޫމާތު ދޭގޮތުގައި އެލައިޑް ފެސްޓަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިޔަށްގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިންގ އަދި މާލީ ރައްކާތެރިކަން ހޯދޭނެ ފެމެލީ ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

އޭގެ ތެރޭގައި މުޅި އަހަރަށް ދިގުދެމިގެންދާ، ކޮންމެ ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50% ޑިސްކައުންޓް ލިބޭ އޮފަރ އާއި ބެހޭ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން މިމަހުގެ ނިޔަލަށް ހަމަވާ، އަންހެނުންނަށް ހާއްސަ ޕްލޭނެއްކަމުގައިވާ ”ކަމަނަ“އިގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100% ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންގެ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: