ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ”ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް“ ބޭއްވުމަށް ޕަރޓްނަރޝިޕް ހަދައިފި

ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރު ހޮޓެލިއަރ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ މައި ހަރަކާތްތައް ބޭއްވުމަށް ދިރާގުން ހޮޓެލިއަރ މޯލްޑިވްސްއާ ބައިވެރިވެއްޖެއެވެ.

މި ޕަރޓްނަރޝިޕްގެ ދަށުން ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތްތައް ކަމުގައިވާ ”ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް“ ބޭއްވުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރާނެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، އަލީ ރިޔާޒް ވިދާޅުވީ، ޑިޖިޓަލް އިނޮވޭޝަންގެ ޒަރިއްޔާއިން ސިނާއަތްތައް ބާރުވެރިކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން މިހާ ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ މި ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި އެވޯޑް ހަފްލާގައި ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތައް އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހޮޓެލިއަރ މޯލްޑިވްސް އެވޯޑްސް ފުރުތަމަ ފަހަރަށް ބާއްވައިފައިވަނީ 2024 ވަނަ އަހަރުއެވެ. އެ އަހަރު 300 އަށް ވުރެ ގިނަ ނޮމިނޭޝަންސް އަދި 100،000 އަށް ވުރެ ގިނަ އާންމު ވޯޓުއާއެކު ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ. މި އަހަރުގެ އެވޯޑްސްއަށް އެއަށްވުރެ ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ގޮތުން، އެކި ކެޓަގަރީތަކަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން އަދި ހަތަރު އައު އެވޯޑް ސެގްމަންޓެއް ތައާރަފުކޮށް، 600،000 އަށްވުރެ ގިނަ އާންމު ވޯޓު ވަނީ 25 އެޕްރީލް 2025ގައި ވޯޓުލުން ބަންދުކުރުމާ ހަމައަށް ލިބިފައިވެއެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ، އެ ދާއިރާ ކުރިއަރުވައި، ހަރުދަނާކޮށް، އަދި އެ ދާއިރާގެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: