ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީ ވޯޓިންގެ ނިޒާމެއް ގެންނަން އުޅުނީ އެމްޑީޕީ، ރައީސްގެ އެފަދަ އެއްވެސް ވިސްނުމެއް ނެތް: އިހުސާން

'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް މަޝްވާރާއެއް، ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް ކުރިޔަށް ގެންދަވާފައި ނުވާކަމަށް ހޯމް ލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިރޭ އޮތް ”’ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ ނިންމާލުމުގެ ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި އިހުސާން ވަނީ މިފަދަ ބޮޑު އިސްނެންގެވުމެއްގެ ދަށުން ފެށުނު މަސައްކަތުގައި ކުރިޔަށް އޮތީ ކާމިޔާބީގެ ދުވަސްތައްކަމުގައި ވިދާޅުވެފަ އެވެ.

އިހުސާން ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށް 2023 ގައި ނިމިގެން ދިޔަ ސަރުކާރުން ގަބޫލު ކުރީ ދިވެހި ރާއްޖެ އޮތީ ޒަމާނީ ޓެކްނޮލޮޖީއެއްގެ ތެރޭގައި ކަމަށެވެ. އަދި ދިވެހި ރާއްޖެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އެންމެ އުހަށް ގޮސް، ރައްޔިތުންނަށް ހިދުމަތްދީ ސަރުކާރު ހިންގުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ދެކުނުކަމަށް ވިދާޅުވި އެވެ.

މިހުރިހާކަމަކާއި އެކު އެމްޑީޕީގެ ސަރުކާރުން ގަބޫލު ކުރީ، ދެން ކުރިޔަށް އަޅަން އޮތް ފިޔަވަޅަކީ ރާއްޖެއަށް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމެއް ގެނައުމެވެ. އަދި އިންތިހާބުތަކުގައި ރައްޔިތުން ގޮތް ނިންމަން ޖެހޭނީ އެފަދަ ސިސްޓަމެއް މެދުވެރިކޮށްކަމަށް އެ ޕާޓީން ގަބޫލު ކުރިކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބުނު ނަމަ، ވިސްނުމުގައި އޮތީ އީ- ވޯޓިންގެ ނިޒާމު ގެނައުމަށެވެ.

އެބޭފުޅުން ގަބޫލު ކުރި ގޮތުގައި އެއީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި ދެވޭނެ އެންމެ އުހަށް އޭރު އޮތީ އާދެވިފައި.. އެބޭފުޅުން ގަބޫލު ކުރާ ގޮތުގައި ސަރުކާރު ހިންގުމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދެން އޭރު ކުރަން އޮތީ ބާކީ ހަމަ އެންމެ ކަމެއް.. އެކަމަކީ އީ ވޯޓިން ނުވަތަ އިލެކްޓްރޯނިކް ވޯޓިން އަދި ޑިޖިޓަލް ސިސްޓަމް މެދުވެރިކޮށް ވޯޓިންގެ ނިޒާމެއް ގާއިމު ކުރުން.

އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0 ތައާރަފު ކުރެވުމާއި އެކު އެމްޑީޕީގެ މެމްބަރުންނާއި ކުރީގެ ވަޒީރުން ދިޔައީ ތަކުރާރުކޮށް އީ- ވޯޓިންގެ ވާހަކަ ދައްކަވަމުން ކަމަށެވެ.

އެސްޓޯނިއާގެ ދަތުރުގައި އެ ގައުމުގައި އޮތް ޑިޖިޓަލް އީޖާދީ ވިސްނުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރިއިރު، އެ ގައުމުގައި އޮތް ވޯޓިސް ސިސްޓަމާއި ގުޅޭގޮތުން އެސްޓޯނިއާގެ ރައީސް މައުލޫމާތު ދެއްވިކަމަށް އިހުސާން ވިދާޅުވި އެވެ. އެއާއި އެކު ޖަވާބުގައި ރައީސް މުއިއްޒު ދެއްވި ޖަވާބަކީ ރާއްޖޭގެ ވޯޓިންގައި ބޭނުން ކުރާ ދެފުށްފެންނަ އުސޫލުކަމަށާއި އީވޯޓިންގެ އެއްވެސް ވިސްނުމެއް ރާއްޖެއިން ނުގެންގުޅޭކަން ހާމަކުރެއްވިކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ސިއްރިއްޔާތުގައި ނުވަތަ އެއްވެސް ހާލަތެއްގައި ވެސް އީވޯޓިންގެ އެއްވެސް މަޝްވަރާއެއް ސަރުކާރުން ކުރިޔަށް ގެންގޮސްފައި ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: