ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަވާބުދާރީވުމަށް ފުރުސަތެއް ނުދީ ދެ ފަނޑިޔާރުން ވެސް ވަކިކުރަނީ!

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު./ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަވާބުދާރީވުމަށް ފުރުސަތެއް ނުދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓުގައި ވަނީ ދެ ފަނޑިޔާރުން ވެސް ވަކި ކުރުމަށެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.

ޖަވާބުދާރީވުމަށް ފުރުސަތެއް ނުދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

މި މައްސަލައިގައި ބޭއްވި ދެ ކޮމިޓީ ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ފަހު، އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމަށްޓަކައި ކުރި އެންމެ ފަހު މަޝްވަރާގެ ބައި ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ބައްދަލުވުން ސިއްރު ކުރުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުންގެ ތާއީދާއި އެކު އެ ހުށަހެޅުން ފާސްވި އެވެ. އެހެންވެ އެ ނިންމުމަށް އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ނާޒިލްއާއި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކޮމިޓީ ދޫކުރައްވައި ނިކުމެވަޑައިގަތެވެ.

އެ މައްސަލައިގައި ފަނޑިޔާރުން ވަކި ކުރުމަށް ނިންމައި، ޖުޑިޝަރީ ކޮމިޓީން ނިންމީ ރިޕޯޓު ތަޅުމަށް ފޮނުވުމަށެވެ.

ވަކިކުރާ މައްސަލައިގައި ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އަޒްމިރަލްދާއާއި މަހާޒް އެދިފައިވީ ނަމަވެސް ކޮމިޓީން އެ ފުރުސަތެއް ދޭން ބޭނުމެއް ނުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑު ކުރީ، އޭސީސީ ދީފައިވާ މައުލޫމާތުތަކެއްގެ މައްޗަށެވެ. އެ ތުހުމަތުތަކުގައި ސަސްޕެންޑު ކުރުމުން ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ ކުރިޔަށް ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭސީސީ ބަލަމުން ދާ މައްސަލަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާތަކަށް ވެސް ނުލިބެ އެވެ. އަދި އެ ކޮމިޝަނަށް ފަނޑިޔާރުން ވެސް ހާޒިރުކޮށްފައި ނުވާއިރު މަހާޒާއި އަޒްމިރަލްދާ ދެ ފަހަރެއްގެ މަތީން ޖޭއެސްސީއަށް ހާޒިރު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: