ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާފަދަ މަސައްކަތެއް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަރުހުން ކުރަމުން ދަނީ މުޅި ޤައުމު ފަޚުރުވެރިވާފަދަ މަސައްކަތެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީވެސް އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީވެސް މުރާލި ނަރުހުން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދޭކަން ފާހަގަ ކުރައްވައި، ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ 12 މެއި ގައެވެ. ކޮންމެ ގައުމެއްގައިވެސް ނަރުހުން ވަނީ އެ ގައުމެއްގެ ރައްޔިތުންނަށްޓަކައި އެތައް ގުރުބަނީ އެއްވާ މުހިންމު ބަޔަކަށެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަނޑައަޅާފައިވަނީ ”އަވަރ ނަރސަސް، އަވަރ ފިއުޗަރ، ކެއަރިންގ ފޯ ނަރސަސް ސްޓްރެންތަން އިކޮނޮމީސް“ އެވެ. މިއީ ޞިއްޙީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާމެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: