ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފައްދައި ލޯއޭޝިއާ ގޮވާލީ ފަނޑިޔާރުންނާއި މެދު އިންސާފުވެރިކޮށް ގޮތް ނިންމަން!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު/ ފޮޓޯ: ސުޕްރީމް ކޯޓު ވެބްސައިޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމާއި މެދު ސުވާލު އުފައްދައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް އިން ގޮވާލައިފި އެވެ.

ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓުގައި ވަނީ ދެ ފަނޑިޔާރުން ވެސް ވަކި ކުރުމަށެވެ. އަދި އެ ރިޕޯޓު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން ވަނީ ފަނޑިޔާރުން ވަކިކުރުމަށް ފާސްކޮށް ތަޅުމަށް ފޮނުވާފަ އެވެ. އެ ބައްދަލުވުން ކޮމިޓީން ކުރިޔަށް ގެންދިޔައީ ވެސް މީޑިއާތަކަށް ސިއްރުކޮށްގެންނެވެ.

ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ފުރުސަަތު ދޭން އަޒްމިރަލްދާއާއި މަހާޒް އެދުމުން، ކޮމިޓީން ނިންމީ އެފަދަ ފުރުސަތެއް ދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް ބައިނަލްއަޤުވާމީ ބައެއް ލޯ އިދާރާތަކުން ބަޔާން ނެރެފައި ވެއެވެ. އަދި ބާކައުންސިލުން ވެސް ވަނީ ފަނޑިޔާރުންނަށް އިންސާފުވެރި ތަހުގީގެއް ކަށަވަރުކޮށްދިނުމަށް ގޮވާލަފަ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ގޮވާލައި، ލޯ އޭޝިއާ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މި މައްސަލައިގައި ޖުޑިޝަރީ ކޮމިޓީއާއި، ޖޭއެސްސީއާއި ބައްދަލު ކުރުމަށް އެދިފައި ވާތީ އެކަމަށް ވެސް ހައްލެއް ބޭނުންވާކަމަށެވެ. އަދި ބާކައުންސިލް ހުށަހަޅާފައިވާ ކަންކަމަށް ތާއީދުކޮށް އެދިފައި ވަނީ، އެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަކާއި ނުލައި ފަނޑިޔާރުން ވަކި ނުކުރުމަށެވެ.

ސުލޫކީ މައްސަލައެއްގައި ފަނޑިޔާރުން ވަކި ކުރުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތައް ހުރިއިރު، ލޯ އޭޝިއާއިން ބުނެފައި ވަނީ ފަނޑިޔާރުން ވަކި ކުރަން ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށެވެ.

މި ބަޔާނުގައި ލޯއޭޝިއާ ވަނީ މުޅި މައްސަލަ ފެށިގެން އައިގޮތާއި، އޭގެ ވަށައިގެން ހިނގި ބައެއް ކަންކަން ވެސް ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި މިދިޔަ ފެބްރުއަރީ 18 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި އެކު އެ މަހުގެ 24 ގައި ފަނޑިޔާރުންގެ ބެންޗުގެ އަދަދު ކުޑަ ކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅިކަމަށް ވެއެވެ.

މީގެއިތުރުން ކުއްލި ގޮތަކަށް ކޯޓުގެ ތިން ފަނޑިޔާރުން 26 ފެބްރުއަރީގައި ސަސްޕެންޑު ކުރީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި މެދު ގޮތެއް ނިންމުން ތާވަލުކޮށް އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށްކަމަށް ބަޔާނުގައި ވެއެވެ. އަދި ބެންޗު ކުޑަކުރުމަށް އިސްލާހު ގެނައީ ވެސް ހަމަ އެއްގުތެއްގައިކަން ފާހަގަކުރި އެވެ.

ބަޔާނުގައި ބުނެފައިވަނީ އެ އިސްލާހުގައި އޮތީ މަޖިލީހުން ގޮތް ނިންމައި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރާތާ ފަސް ދުވަހުގެ ތެރޭގައި 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު މަގާމަށް ގާބިލު ނޫންކަމަށް ކަނޑައަޅައި ވަކި ކުރަން ޖެހޭނެ ކަމަށް ހިމަނާފައި ކަމަށެވެ.

ބަޔާނުގައި ވަނީ މުޅި މި މައްސަލައިގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް މާޗު 04 ގައި ސުއޫދު އިސްތިއުފާ ދިން ކަމަށެވެ. އެއާއިކު ހުސްވި މަގާމަށް މާ ގިނަ ދުވަހެއް ނުވެ ހައިކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނު ކުރެވިގެން ދިޔަކަން ފާހަގަކުރި އެވެ.

ލޯއޭޝިއާ ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަށް ތަކުރާރުކޮށް އަޒްމިރަލްދާއާއި މަހާޒް ހުށަހެޅުމުން ވެސް އެއަށް އިޖާބައެއް ނުދިނުން ކަމަށެވެ. އަދި ދެ ފަނޑިޔާރުންނަށް ވެސް މިހާތަނަށް ބަލަމުން ދަނީ ކޮންކޮން މައްސަލަތަކެއްކަމާއި އެ މައްސަލަ އުފެދިގެން އައި ގޮތް އަދި ޖޭއެސްސީއާއި އޭސީސީ ބަލަނީ ކޮން މައްސަލައެއްކަން ނޭނގޭ ކަމަށެވެ.

ޖޭއެސްސީގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފައްދައި އެ ބަޔާނުގައި ވަނީ، ޑިއު ޕްރޮސެސް ފުރިހަމަކޮށް އިންސާފުވެރިކޮށް މައްސަލަ ކުރިޔަށް ގެންދިއުމަށް ގޮވާލާފަ އެވެ.

އޭސީސީ ބަލަމުން ދާ މައްސަލަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާތަކަށް ވެސް ނުލިބެ އެވެ. އަދި އެ ކޮމިޝަނަށް ފަނޑިޔާރުން ވެސް ހާޒިރުކޮށްފައި ނުވާއިރު މަހާޒާއި އަޒްމިރަލްދާ ދެ ފަހަރެއްގެ މަތީން ޖޭއެސްސީއަށް ހާޒިރު ކުރި އެވެ. އަދި ދެ ބޭފުޅުންގެ ފަރާތުން ވެސް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: