ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީއިން ހައިކޯޓުގައި އޮޅިގެން ދައުވާ ލިބޭ ފަރާތަށް ސިއްރު ހެކި ހާމަކޮށްފި

ދައުވާ ލިބޭ ފަރާތަށް ސިއްރު ހެކި ހާމަ ކުރެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 9 އަހަރު ކުރިން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އައިޑީއެއް ހަދަން ބޭނުންކުރާ ތަކެތި ތައްޔާރުކުރުމުގެ ދައުވާގައި ކްރިމިނަލް ކޯޓުން ނެރުނު ހެކި ރައްކާތެރިކުރުމުގެ އަމުރުގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ ދައުވާ ލިބޭ އިޢުތިސާމް އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދިޔަ އަޑުއެހުކެމެވެ.

ހައިކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ މައްސަލާގައި ހިމެނޭ ސިއްރު ހެކި ރައްކާ ކުރަން އަލުން ނެރުނު އަމުރާމެދު ހިތްހަމަ ނުޖެހިގެން ހުށަހަޅާފައިވާ އިސްތިއުނާފެކެވެ. އެގޮތުން ސިއްރު ހެކި ރައްކާތެރި ކުރަން އޭޕްރީލް މަހު އަމުރު ނެރުނީވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން 3 ވަނަ ފަހަރަށް ފެށުމަށްފަހުއެވެ. ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅިތާ 8 އަހަރު ފަހުންނެވެ. އަދި ވެސް އޮތީ އިބްތިދާއީ އަޑުއެމާ ހިސާބުގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ މި އަޑުއެހުމުގައި ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދާރީވަމުން ދަނިކޮށް އިދާރީ މުވައްޒަފުން ވަނީ އިސްތިއުނާފް ކުރާ ފަރާތުގެ ވަކީލުގެ ޑެސްކުން ގަނޑުތަކެއް ނަގައި ފަނޑިޔާރުންނަށް އެ ގަނޑުތައް ދައްކާފައެވެ. އެވަގުތު ޕީޖީ އޮފީހުގެ ވަކީލުންގެ މޫނުމަތިންވެސް ހައިރާންކަން ފެނިގެންދެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއުތިސާމްގެ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ، ދައުލަތުން ހައިކޯޓަށް އެޓޭޗްކޮށްފައިވާ، ކުރިމިނަލް ކޯޓަށް 2017 ވަނަ އަހަރު ސިއްރު ހެކީގެ ތަފްސީލް ބަޔާންކޮށްފައިވާ ’ސިއްރު‘ ޖަހާފައިވާ ސިޓީ ދެންމެ ފެނިފައިވާ ކަމަށެވެ. ޔާމީން ތަފްސީލުކުރަމުން ވިދާޅުވީ މިއީ މި މައްސަލައިގައި މިއަދު އެކަނި ހަދާ މިސްޓޭކެއް ނޫނެވެ. އަދި  ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެގޮތުން 2017 ގައި މި މައްސަލައިގެ އިންޓެލް ރިޕޯޓުތައް ބެލުމުގެ ފުރުސަތު ދައުލަތުން ދިން އިރުވެސް އިންޓެލް ރިޕޯޓުތަކުގައިވެސް އޭރު އެއްވެސް މީހެއްގެ ނަން ސިއްރުކޮށްފައި ނުވާކަމަށާއި އޭގައިވެސް ދައުލަތުގެ ސިއްރުހެކީގެ ނަން އޮވެއެވެ. އަދި މިހާރު މިފެނުނު ސިޓީއިން ސިއްރުހެކި މައުލޫމާތު ފެނިއްޖެކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަނީޒް ވަނީ ހައިކޯޓަށް ހުށަހެޅި އިރު ސިއްރު ކުރަން ޖެހޭ ލިޔުމެއް އޮތްކަން އިދާރީ ގޮތުން ބަޔާންކުރެއްވިންތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ސިޓީއަކީ ހައިކޯޓަށް އެޑްރެސް ކުރި ސިޓީއެއްތޯވެސް އޮޅުންފިލުވާފައެވެ. އެހެން ސުވާލުކުރުމުން އެއީ ކްރިމިނަލް ކޯޓަށް އެޑްރެސް ކުރި 2017 ގެ ސިޓީ (ސިއްރު) ޖަހާފައިވާ ސިޓީއެއް  ކަމާއި އިދާރީ މޭޒަށް އެންގިފައިނުވާކަމަށް ދައުލަތުގެ ވަކީލު ބުނެފައިވެއެވެ.  އަދި އިދާރީ ގޮތުން އެކަން ގޮސްފައިވާގޮތެއް ސާފުކޮށްލަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އިސްތިއުނާފް ކުރާ ފަރާތުގެ ވަކީލު ޔާމީން އެސިޓީގައިވާ ނަން އަޑުއަހުރުކޮށް ޝަރީއަތުގައި ބަޔާންނުކުރެއެވެ.

ދައުލަތުގެ ވަކީލު ބުނެފައިވަނީ އަޅުގަނޑުމެން މިއަދު 9 ޖެހިއިރުގެ އަޑުއެހުމަކަށްވެސް ހާޒިރުވެ ތިއްބައި މި މައްސަލައިގެ ޖަވާބު ފޯމު ފޮނުވަނީ، އިދާރީ މުވައްޒަފުންނާ ސީދާ ވާހަކަދައްކާފައިނޫނީ އަޅުގަނޑަށް ސީދާ ތި ސުވާލަށް ޖަވާބުދޭން ދަތި

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އިއުތިސާމުގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، މި މުޅި މައްސަލައިގައި 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ދައުލަތުން ބޮޑެތި އިޖުރާއީ އޮޅުންބޮޅުންތަކެއް އުފައްދާފައިވާ ކަމަށެވެ.

އަޅުގަނޑުމެން ދެކެންވީ ދައުލަތުން ހަމަ މިސްޓޭކް ބައި މިސްޓޭކް މި ހުރިހާ ކަމެއް މިހެންދާއިރު، 9 އަހަރަށް މިއޮތީ ފެށިފައި، 9 އަހަރު ތެރޭގައި އިބްތިދާއީ އަޑުއެހުންތަކުގެ ތެރޭގައި ތާށިވެފައި..  މިހެން މިވަނީ ދައުވާލިބޭ ފަރާތުގެ ކޮން ކުށަކުންތޯ،

ދައުލަތުން ހުށަހަޅަންޖެހޭ ގޮތަށް ހުށަހަނާޅާ ސިއްރު ހެއްކެއް ސިއްރުކުރަން އެދިގެން ކްރިމިނަލް ކޯޓުން ނިންމި އަމުރެއްގެ މައްސަލައެއް ކަމަށް ބުނެ މި ކުރެވޭ އިސްތިއުނާފް އަޑުއެހުމުގައި

ޔާމީން ވިދާޅުވީ، ބަންދު މުރާޖައާއާ ގުޅިގެން ހައިކޯޓުގައި ކުރިން ކުރެވުނު ބަންދުއަމުރުގެ އިސްތިއުނާފުގައިވެސް ސިއްރު ހެއްކެއް ނެތްކަމަށް ދައުލަތުން ބުނެފައިވާ ކަމަށާއި، ނަމަވެސް އޭރު އެހެން ބުނެވުނީ އިދާރީ އޮޅުމަކުންކަމަށް މިހާރު އަނެއްކާވެސް ހައިކޯޓުގައި ދައުލަތުން ބުނަމުންދާ ކަމަށެވެ.

އަޅުގަނޑުމެންނަށް އިހުސާސްވަނީ އަޅުގަނޑުމެން މި ކުރާ އިސްތިއުނާފާމެދު ދައުލަތުން ހަގީގަތުގައި ސީރިއަސްއެއް ނޫނޭ، އެބޭފުޅުން ބޭނުންވަނީ އެބޭފުޅުންނަށް ހެއްދެވޭ ގޯސް ކޮންމެވެސް ހުއްޖަތްތަކެއް ދައްކައިގެން ރަނގަޅު ކުރަންކަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ވަކީލު ވަނީ 2017 ވަނަ އަހަރު ދައުލަތުން ފުރަތަމަ ހުށަހެޅި ދައުވާ ފޯމު އޮތްގޮތަށް މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމެވުމަށް އެދިފައެވެ.  ސިއްރު ހެކި ހުރި ކަމަށް ދައުލަތުން ފާހަގަކޮށްފައިނުވާކަމަށާއި ކޯޓުތަކުގެ އެކި އަޑުއެހުންތަކުގައި ސިއްރު ހެއްކެއް ނެތްކަމާއި އަދި އެ މޭރުމުން ދައުލަތުން ވިދާޅުވާ ވާހަކައިން ފާހަގަކުރެވިފައިވާކަމަށް ވަކީލު ޔާމީން ވިދާޅުވިއެވެ. އޭގެ ތަފްސީލުތައްވެސް އަޑުއެހުމުގައި ޔާމީން ކިޔައިދީފައިވެއެވެ.

މިގޮތަށް ހައިކޯޓުން 2024 އޮކްޓޯބަރ ގައި ނިންމަވާފައިވަނިކޮށް އަލުން ހައިކޯޓުގެ ނިންމުމާ ޚިލާފަށް ދައުލަތުން ސިއްރު ހެކި ހުށަހަޅާ ވަގޮށް ޖެހޭގޮތަށް ނިޒާމުގެ ބޭނުން ހިފަމުންދާ ދިޔުމާމެދު ޔާމީން ވަރަށް ފާޑުކިޔާފައިވެއެވެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ނިޒާމަށް އަދި ހައިކޯޓުގެ ނިންމުމަށް ގޮންޖެއްސެވުމަށް ދައުލަތުން މަސައްކަތް ކުރާ ކަމަށްވެސް ދޭހަވާ ގޮތަށް ޔާމީން ވާހަކަދައްކާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދިޔަ އެހެން އިސްތިއުނާފެއްގައި ދައުލަތުން ވަނީ ސިއްރު ހެކިން ނުތިބޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ނުރަނގަޅު މައުލޫމާތެއްގެ މައްޗަށް އޭރުގެ ދައުލަތުގެ ވަކީލަށް ވިދާޅުވެވުނު ވާހަކައެއްކަމަށް މިހާރު ދައުލަތުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: