ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފްގެ ޖަލްސާގައި މަދަދާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ ސަންގުޓީވީން ކުށްވެރިކޮށްފި

ސަންގުޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ހިންގަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއެއްގެ ޖަލްސާއެއްގައި ސަންގުޓީވީގެ ނޫސްވެރިޔާ ފާތުމަތު މަދަދާއަށް ފުރައްސާރަކޮށް، ހަނގާ ކުރުން ކުށްވެރިކޮށްފި އެވެ.

ރައީސް ޔާމީންގެ އަމިއްލަ ގޭގައި ޕީއެންއެފް އޮފީހެއް އުފައްދައި ޖަލްސާތައް ކުރިޔަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އެވެ.

އެގޮތުން މިދިޔަ ހަފްތާގައި އޮތް ޖަލްސާއެއްގައި މަދަދާއާއި ދިމާކޮށް ފުރައްސާރަ ކުރީ ޕީއެންއެފްގެ އެކްޓިވިސްޓު ވަހީދެވެ. އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަން ބޭނުންކުރައްވައި ސަރުކާރުގެ ޖަލްސާތައް ކަވަރު ކުރުމާއި ގުޅޭގޮތުން މަދަދާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފަ އެވެ.

އެހާހިސާބުން ރައީސް ޔާމީން ވެސް އެކަމުގައި ބައިވެރިވެ، ފުރައްސާރަކޮށްފަ އެވެ.

މި މައްސަލައިގައި އެކި ނޫސްވެރިންނާއި، މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި ސަންގުޓީވީން މިރޭ ނެރުނު ބަޔާނުގައި ވަނީ ޗެނަލް 13 އިން ލައިވްކޮށް ބްރޯޑްކާސްޓު ކުރަމުން ދިޔަ އެ ޖަލްސާގައި މަދަދާއަށް ފުރައްސަރަކޮށް ދެއްކި ވާހަކައާއި މެދު ކަންބޮޑުވެ ހިތާމަ ކުރާކަމަށެވެ.

ބަޔާނުގައި ވަނީ ސީދާ މަދަދާގެ ނަން އެތައް ފަހަރެއްގެ މަތީން ބޭނުންކޮށް، ބޭއަދަބީ ގޮތަކަށް ވާހަކަ ދެއްކިކަން ވެސް ފާހަގަކޮށްފަ އެވެ. އަދި ބުނެފައި ވަނީ ޒުވާން އުމުރުގެ ނޫސްވެރިއަކާއި މިފަދަ ގޮތަކަށް ދިމާކުރުމުން ނުހަނު ކަންބޮޑުވާކަމަށެވެ.

މަދަދާއަކީ ދާއިރާގައި ކާމިޔާބު މުސްތަގުބަލެއް އޮތް ނުސްވެރިއެއްކަމަށެވެ.

މިއީ ނޫސްވެރިންނާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނާއި، އަންހެން ނޫސްވެރިންނަށް ދިން ހަމަލާއެއްކަމަށް ގަބޫލު ކުރާކަމަށް ބަޔާނުގައި ވެއެވެ. އަދި މިފަދަ ފުރައްސާރަތަކާއި ދެކޮޅަށް ތެދުވެ ވަކާލާތު ކުރާނެކަމަށް ބަޔާނުގައި ވެއެވެ.

މި މައްސަލައިގައި ކަންބޮޑުވުންފާޅު ކުރި ފަރާތްތަކުން ހާއްސަކޮށް ނޫސްވެރިން ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފަ އެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މިފަދަ ވާހަކަތައް ދެއްކުން އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: