ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ކުވައިތައް!

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޙަލީލު ކުވައިތަށް ފުރާވަޑައިގަންނަވަންނަވާއިފިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މި ދަތުރުފުޅަކީ، ކުވައިތުގެ ފޮރިން މިނިސްޓަރު، އަބްދުﷲ އަލީ އަލް-ޔަހްޔާގެ ދައުވަތުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ، މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. ހަލީލްއާއި ކުވައިތުގެ ފޮރިން މިނިސްޓަރުގެ ދެމެދުގައި މަޝްވަރާކުރުމާއިއެކު، ކައިރި މުސްތަގުބަލުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއިއެކު ހާސިލުކުރެވޭނެކަންތައްތަކާ މެދު ވާހަކަދައްކެވިގެންދާނެކަމަށެވެ.

މީގެއިތުރުން، ކުވައިތުގެ މިނިސްޓަރު އޮފ ކޮމާސް އެންޑް އިންޝަސްރީއާއި މިނިސްޓަރ އޮފް ފައިނޭންސްއާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، ކުވައިތު ސަރުކާރުގެ މަތީ މަގާމުގައި ހުންނަވާ އެހެނިހެން ފަރާތްތަކާއިއެކު ބައްދަލުކޮށް، ދެގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން ވަރުދަކުރުމާއިއެކު، އިންވަސްޓްމެންޓު އިތުރުކުރުމަށްޓަކައި މަޝްވަރާކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ފަތުރުފުޅުގައި މިނިސްޓަރު ޑރ. ހަލީލާއިއެކު އެ މިނިސްޓްރީގެ ޖޮއިންޓް ސެކަޓަރީ ޙަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑައިރެކްޓަރު ފާތިމަތު ނަސްހާ އިސްމާއިލުވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ މިނިސްޓްރީން ބުނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: