ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދު ހައްޔަރުކުރުން ލަސްވުން: ފުލުހުންގެ ތަހުގީގުތައް ކުރިއަށްދަނީ ހިތު ލަފަޔަކަށް ނޫން، ހެއްކާއި ގަރީނާތަކުގެ މައްޗަށް: އިހުސާން

ހޯމްލޭންޑް މިނިސްޓަރު އިހުސާން މައުލޫމާތު ދެއްވަނީ. --ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ތަހުގީގުތައް ކުރިއަށްދަނީ ހިތު ލަފަޔަކަށް ނޫން، ހެއްކާއި ގަރީނާތަކުގެ މައްޗަށްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުރާޅެއްގެ މަތިން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި އަހާ ފޯރަމްގައި އާންމުންގެ މީހަކު ވަނީ މިނިސްޓަރު އިހުސާނާއި ސުވާލުކޮށްފައެވެ. އެގޮތުން މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ރައުދު ޒިލާލް، މައްސަލަ ފެންމަތިވުމާއިއެކު ހައްޔަރު ނުކުރީ ކީއްވެގެންތޯ ސުވާލުކޮށްފައިވެއވެެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މިއީ މިހާރުވެސް ބަލަމުންދާ މައްސަލައެއްކަމަށާއި، މި މައްސަލައިގައި އެންމެ ފުރަތަމަ ފުލުހުން ރެސްޕޮންޑް ކުރި ކަމަކީ ވެއްޓިފައި އޮތް ފުރާނަ ހުރި ކުއްޖާއަށްކަމަށެވެ. އެގޮތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކުރެއްވިއެވެ.

ދެން ފުލުހުން ތަހުގީގު ފެށީ ކަން ހިނގައި ދިޔަ ގޮތް ބެލުމަށްކަމަށް ވިދާޅުވިއެވެ. ރައުދު ފާހަގަވީ އެ މަސައްކަތުގެ ތެރެއިން ސީސީޓީވީ ފުޓޭޖުންކަމަށާއި، އެއާއިއެކު އޭނާ މަސްތުވާތަކެއްޗަށްވެސް ޓެސްޓުކޮށްފައިވާނެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އޭރު ތަހުގީގު ފެށީ މަސްތުވާތަކެތީގެ މައްސަލައަށްކަމަށެވެ. ހައްޔަރުކުރީ ފަހުން އިތުރު މައުލޫމާތުތަކެއް ލިބުމުންކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންގެ ތަހުގީގު ކުރިއަށްދާނީ ތަހުގީގަށް ލިބޭ ކުރިއެރުންތަކާއި، ހެކިތަކަށް ބަލައިގެންކަމަށެވެ. ހިތު ލަފަޔަށް އުއްމީދުކުރާ ގޮތަށް ތަހުގީގުތަކުގައި އަމަލު ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ހެއްކާއި ގަރީނާ ލިބެމުންދާ ވަރަަކަށް، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުނޑުމެން އަޅަމުންދާނީ.

އިހުސާން ވިދާޅުވިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ރައުދު ހައްޔަރުކުރީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތަކުގެ އިތުރު އިހުތިޖާޖުތަކަށްވެސް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: