ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ”އަހާ“ ފޯރަމްގައެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި މި ކާރުޚާނާގެ މަސައްކަތް ނިމޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 3 ގުނައަށް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްކިރާ ކާރުޚާނާތަކެއް އަޅާނެކަމަށެވެ. އެގޮތުން:
ގދ. ފިޔޯރީ
ފ. ނިލަންދޫ
ޅ. ފެލިވަރު
ފިޔޯރީގައި ޤާއިމްކުރާ ފެކްޓްރީއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޅ. ފެލިވަރު އަދި ފ. ނިލަންދޫގައިވެސް މިފަދަ ފެކްޓްރީތަކެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ހިއްސާކުރެއްވިއެވެ.
މި 3 ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި، ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތް މިހާރު މިވަނީ ގާތްގަނޑަކަށް ނިިިމި އީޕީސީ ކޮންޓްރެކްޓްގަިއ ސޮއިކުރުމުގެ ހުއްދަ ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބޭނެކަމަށް މި އުންމީދުކުރަނީ.
ޝިޔާމް ވިދާޅުވިއެވެ.
މި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރެވުމާއެކު މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެކަމަށެވެ.

