ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ސްކީމަށް އިއުލާންކުރަނީ ދަރިވަރުންނަށް ފުރުސަތުތަކުގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ ގޮތަށް: ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނު ސްކީމަށް އިއުލާންކުރަނީ ދަރިވަރުންނަށް ފުރުސަތުތަކުގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ ގޮތަށްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ އަހަރަކު އާންމުކޮށް ޖަނަވަރީ މަހު އިއުލާންކުރާ ސްޓޫޑެންޓް ލޯނު އިއުލާނު ކުރަނީ ސްކީމަށް ގެންނަން ފެންނަ ބަދަލުތައް ގެނައުމަށްފަހު ކަމަށެވެ.

މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި ގޮތުގައި ލޯނު ސްކީމަށް އިއުލާންކުރުމުގެ ކުރިން ބަލަންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ލޯނު ސްކީމަށް އިއުލާންކުރާ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމާއި، ދަރިވަރުންނަށް މި ފުރުސަތުތަކުގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ ގޮތަށް ބަދަލުކުރުމާއި، އަދި މި ބަދަލުތަކުގެ އަސަރު ދެނެގަތުން ހިމެނެއެވެ.

މިއަހަރުގެ ލޯނު ސްކީމުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި، މި ލޯނު ސްކީމަކީ އިސްލާމީ ޝަރީއާ ކޮމްޕްލަޔަންޓް ސްކީމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިކަން ތަންފީޒުކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ދެނެގަތުމަށް ކަމުގެ މާހިރުންނާ މަޝްވަރާކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ލޯނު ސްކީމަށް އިއުލާންކުރީ ފެބުރުއަރީގައި ކަމަށާއި، މިއަހަރު އިއުލާންކުރީ މާރިޗު މަހުގައި ކަމަށެވެ. އަދި ދަރިވަރުންގެ އެޕްލިކޭޝަންގައި މައްސަލައެއް ވާނަމަ، އެކަން އިސްލާހުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: