ދަރިވަރުންގެ ކޯލަތަކަށް މިނިސްޓްރީއިން އަބަދުވެސް ޖަވާބުދޭކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ދަރިވަރުން މިނިސްޓްރީއަށް އެތައް ފަހަރަކު ތަކުރާރުކޮށް ގުޅި ނަމަވެސް ކޯލަށް ޖަވާބ ނުދޭކަމުގެ ކަންބޮޑުވުން މިއަދުގެ މަޖިލީހުގައި ފާޅުކުރީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ. އޭނާ ސުވާލުކުރީ މި މައްސަލައަށް ޒަމާނީ ހައްލެއް ހޯދައިދެވޭނީ ކޮން އިރަކުންތޯއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ، މިނިސްޓްރީއިން މަސައްކަތް ކުރަމުންދަނީ އިތުރު ގޮތްތަކުން ދަރިވަރުންނަށް މުއާމަލާތްކުރެވޭނެ ގޮތް ހެދުމަށްކަމަށެވެ. އެގޮތުން ވަޓްސްއެޕް ނަންބަރެއް ތައާރަފު ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި 50 އަށްވުރެ ގިނަ ދަރިވަރުން އުޅޭ ގައުމެއްކަމަށްވާނަމަ އެ ގައުމަކަށް ހާއްސަ ނަންބަރުތަކެއް ތައާރަފުކުރާނެކަމަށެވެ.
އަޅުގަނޑުމެން އެންމެ ފުރަތަމަ ތައާރަފުކުރި ނަންބަރަށް ލިބުނު ރެންސްޕޮންސްއަކީ އެ ދަރިވަރުންގެ ފަރާތުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ އެ ނަންބަރަށް ހަމަ ގުޅާތަނުން ނޫނީ މެސެޖެއް ކުރާ ތަނުން ހަމަ ވަގުތުން ޖަވާބުދޭކަން.
މިނިސްޓަރު ވިދާޅުވިއެވެ.
މި ނަންބަރުތަކަށް ގުޅުމުން ނުވަތަ މެސެޖުކުރުމުން ދަރިވަރުންނަށް ޖަވާބު ލިބޭކަމަށް ދަރިވަރުންނާއި ހަވާލާދީ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހަޔަރ އެޑިއުކޭޝަން ސިސްޓަމް ކިޔާ އެޕެއް އޮކްޓޮމްބަރ މަހަށް ނިމޭނެކަމަށާއި، އެއާއިއެކު ދަރިވަރުންގެ ރިކުއެސްޓްތަކާއި، ޝަކުވާތަކަށް ޖަވާބު ދާރީވާނެކަމަށެވެ.

