ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ސްކީމްތައް ހާއްސަ ކުރަނީ ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކަށް: ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނު ސްކީމްތައް ހާއްސަ ކުރަނީ ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކަށްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުމާއި ގުޅޭ ގޮތުން މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު ހައިދަރު ވިދާޅުވީ ޓްރެއިނިން ނީޑް އެނެލައިސިސްއެއް ހަދަމުންދާކަމަށެވެ.

މީހުން ތަމްރީނުކުރަން ޖެހޭ ދާއިރާތަކަކީ ކޮބައިކަން ސަރުކާރުން ދެނެގަންނާނެކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެގޮތުން ޑޮކްޓަރުންނާއި، އިންޖީނިއަރުންނަށް ފަދަ ފަރާތްތަކަށް އިސްކަން ދޭނެކަމަށް ވިދާޅުވިއެވެ.

އެންމެ ފަހު ކަނޑައެޅި ލޯނު ސްކީމްގެ ދެ ބައި ކުޅަ އެއް ބަޔަކީ ހައިލީ ޓެކްނިކަލް ދާއިރާތަކަށް ކަނޑައެޅިފައިވާ ޖާގަތަކަށްކަމަށެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މިނިސްޓަރާއި ސުވާލުކުރެއްވީ ދަރިވަރުންގެ ލިޔެކިޔުންތައް ހަމަނުވުން ނުވަތަ ދަރިވަރުގެ ޒިންމާއިން ބޭރުން، މިނިސްޓްރީގެ އިހުމާލަކުން ލޯނު ސްކީމަށް ބޭނުންވާ އެއްވެސް އިންތިޒާމަކަށް ލަސްތަކެއް ކުރިމަތިވެފައިވާނެތޯއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ލޯނު ސްކީމްތަކުގެ ދަށުން ދޭން ޖެހޭ ފައިސާ ވީހާވެސް ދުރާލާ ފޮނުވުމުގެ މަސައްކަތް އަބަދުވެސް ސަރުކާރުން ކުރާކަމަށެވެ. ބައެއް ކަހަލަ މައުލޫމާތު ހަމަނުވެގެން ޕްރޮސެސް ކުރުމަށް ދަތިތައް ދިމާވާކަމަށާއި، ނަމަވެސް ވީހާވެސް އިންތިޒާމްތައް ރަނގަޅަށް މި މަސައްކަތްތައް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ހައިދަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: