ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި އިލެކްޝަންތަކަށް ކުރާ ހޭދަ ކުޑަކުރާ އިސްލާހު ނޫނީ، ހަރަދު ކުޑަކުރަން ކުރިކަމެއް ނެތް: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބައި އިލެކްޝަންތައް ބާއްވަން ޖެހޭ ދައުރުގެ މުއްދަތާއި ގުޅޭގޮތުން ގާނޫނަށް އިސްލާހު ގެނައުން ފިޔަވައި، ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ކުރީ ކީއްތޯ ށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ސުވާލު އުފައްދަވައިފި އެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިއެއް ހުސްވުމަށް ފަހު ދައުރު ހަމަވާން ބާކީ އޮތީ ދޮޅު އަހަރު ނަމަ އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. މުއްދަތުތަކަށް ބަދަލު ގެނެސް މިއީ ތިން ވަނަ ފަހަރަށް ހުށަހަޅާ އިސްލާހުކަމަށްވުމާއި އެކު، އަމީން ވަނީ އިހުލާސްތެރިކަމާއި މެދު ސުވާލު ކުރައްވާފަ އެވެ.

ގާނޫނަށް ހުށަހަޅާ އިސްލާހުގައި ވަނީ ކައުންސިލްއެއްގެ ރައީސްއާއި މެމްބަރުގެ ގޮނޑި ހުސްވިއިރު ދައުރުގެ ބާކީ އޮތީ 548 ދުވަހަށް ވުރެ ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުގައި ވެސް ހަމަ އެގޮތަށް އަމަލު ކުރުމަށް ވެއެވެ.

ބިލަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ، ކައިރިކައިރީގައި ބައި އިލެކްޝަން ބާއްވައި ކުރަން ޖެހޭ ހަރަދުތައް ކުޑަކުރުމަށްޓަކައި އެޅި ފިޔަވަޅުތައް ނޫން އެއްވެސް އިސްލާހެއް ނުވަތަ މަސައްކަތެއް މިހާތަނަށް ސަރުކާރުން ނުކުރާކަމަށެވެ.

ކައުންސިލްއެއްގެ ގޮނޑި ހުސްވާތާ ވަކި މުއްދަތެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ގާނޫނު ބުނާއިރު މުޅި ދައުރު ހަމަވާން ބާކީ އޮތީ ހަ މަސް ނަމަ އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް ފުރަތަމަ އިސްލާހު ގެނެއެވެ. އެއަށް ފަހު އެ މުއްދަތު އެއް އަހަރަށް ބަދަލުކޮށް، މިހާރު ދޮޅު އަހަރަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުމުން އެއަށް ތާއީދު ކުރާކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ތަންފީޒު ކުރަން ޖެހޭ ވަރަށް ގިނަ ސިޔާސަތުތައް އެބަހުރިކަމަށާއި، ނިންމަން ޖެހޭ ނިންމުންތައް ހުރިއިރު ހަރަދު ކުޑަކުރުމަށް ސީދާ ގޮތުން އެޅި ހަމައެކަނި ފިޔަވަޅަކީ 20 ވަނަ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ދެ ފަހަރެއްގެ މަތީން ގެނައި އިސްލާހުކަމަށެވެ.

އެހެންވީމަ ހަމަހުން، ހަމަހުން ބަދަލުވަމުން މިދަނީ އިރުކޮޅަކުން މަޖިލީހުގެ ތަފާސްހިސާބުތަކާއި އެކީގައި މިކިޔައިދެނީ.. މި ބިލުގެ ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކަށް މިއޮތީ ހަރަދު ކުޑަކުރުން.. އަޅުގަނޑަށް މިވީހާތަނަށް ފެންނާކަށް ނެތް ނުވެސް ފެނޭ މި ނޫންކަމެއް ހަރަދު ކުޑަކުރަން ކުރިކަމެއް..

އަމީން ވިދާޅުވީ އޭނާގެ ދާއިރާއަށް އެކަނި ބެލި ނަމަވެސް އިންޖީނުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް މާލީ ދަތިތަކާއި ހުރެ ރިލޮކޭޓު ނުކުރެވުންކަމަށެވެ. އެގޮތަށް އެތައް ރަށެއްގައި ކަންބޮޑުވުންތައް އޮތް އިރު ހަރަދު ކުޑަކުރުމަށް ދެން އިތުރަށް ސަރުކާރުން ކުރަނީ ކޮން މަސައްކަތްތަކެއްތޯ އަމީން ސުވާލު އުފެއްދި އެވެ.

އަމީން ވިދާޅުވީ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ވާހަކަތައް ދައްކާއިރު، އެ ސިޔާސަތު ތަންފީޒު ވާން ޖެހޭކަމަށެވެ. އެހެން ނަމަވެސް އިންތިހާބުތަކަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުން ފިޔަވައި ދެން އިތުރު އެއްވެސްކަމެއް ނެތްކަމަށް އަމީން ވިދާޅުވި އެވެ.

މީގެއިތުރުން އަމީން ވިދާޅުވީ ސިޔާސީ މަގާމުތައް ވެސް އިންތިހާއަށް ގިނަކަމަށާއި، އެންމެ ބޮޑު އެއް ހަރަދެއް މަހެއްގެ މައްޗަށް ހިނގަނީ އެ މީހުންގެ މުސާރައަށް ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ އާރަށަށް ދިއުމުގައި ވެސް މައްސަލައެއް ނެތްކަމަށެވެ. އެކަމަކު ގޯހީ ހަރަދުތަކާއި މެދު އިތުރު އެއްވެސް ވިސްނުމެއް ނުގެންގުޅުންކަމުގައި ވިދާޅުވި އެވެ.

އަމީން ވަނީ ލޯކަލް ކައުންސިލްގެ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ބޭނުންވުމުން ބާއްވަން ޖެހޭ ގޮތަށް، އެމަނިކުފާނު އެގޮތް ނޭދޭނަމަ ވޯޓުލުން ނުބާއްވާ ގޮތަށް ވެސް ގާނޫނަށް އިސްލާހު ގެނެވިދާނެ ކަމަށެވެ. އަދި ސަރުކާރުން ހެޔޮ ނިޔަތެއްގައި ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: