ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫޕީއާރް ރިޕޯޓާ ގުޅޭގޮތުން ޖަމިއްޔާތަކާއެކު ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު!

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.)
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ހަތަރު ވަނަ ސައިކަލްގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓާ ގުޅޭގޮތުން، އިންސާނީ ޙައްޤުތަކާގުޅޭ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޔޫ.ޕީ.އާރުއަކީ އ.ދ ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވެމުންދާ މިންވަރާއި، އެ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަތުމަށްޓަކައި އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލް އިން ކޮންމެ 4.5 އަކުން އެއްފަހަރު ކުރާ ރިވިއުއެކެވެ.

މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 19 މޭ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި، ބަންޑާރަނައިބުގެ އޮފީހުގައެވެ. އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން،  15 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުގެ ދަޢުވަތު ބަންޑާރަނައިބުގެ އޮފީހުން ދެއްވާފައިވެއެވެ.

އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކަށް ބައްދަލުވުމާ ގުޅުންހުރި އިތުރު މަޢުލޫމާތު ޙިއްޞާކުރައްވާނެ ކަމުގައިވެސް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: