ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީއިން ހަދާފައިވާ ޕޮލިސީ ބަދަލުކުރަން ޖެހޭ ވަރު މައްސަލައެއް ނެތް: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން މިނިސްޓްރީއިން ހަދާފައިވާ ޕޮލިސީ ބަދަލުކުރަން ޖެހޭ ވަރު މައްސަލައެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަހާ ފޯރަމްގައި މީހަކު ވަނީ މިނިސްޓްރީއިން ހަދާފައިވާ އުސޫލުތަކާއި ގުޅޭ ގޮތުންނެވެ. އެ އުސޫލުތަކުގައި ހުރި ހަމަނުޖެހޭ ކަންކަން އިސްލާހުކުރުމުގެ ވިސްނުް ހުރިތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ:

  1. ޕްރައިސް ޕޮލިސީ: އޯލެވެލް އިމްތިހާނުން 8 އޭ ސްޓަރ ހޯދާ ދަރިވަރު، މޮކް އެގްޒާމްގައި މާއްދާއަކުން ފެއިލްވުމުން ބެސްޓް އޯލް ރައުންޑަށް ޝަރުތު ހަމަނުވުން. އޭނާ މިކަން ފާޙަގަކުރެއްވީ ފުށުއެރުމެއްގެ ގޮތުގައި.
  2. ޔުނިޓް ޓެސްޓަށް ބަލިވެގެން ސެޓްފިކެޓް ހުށައެޅުމުން ޓެސްޓް ލިބޭއިރު، ބަލިވާ ހާލަތުގައި ސެޓިފިކެޓް ހުށައެޅުމުން ޓާމް ޓެސްޓް ނުލިބުން.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީއިން ދަރިވަރުންނާއި ގުޅޭ ގޮތުން ހަދާފައިވާ ޕޮލިސީތަކަކީ މިނިސްޓްރީއިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ހަދާފައިވާ ޕޮލިސީތަކެއްކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި މަޝްވަރާ ކޮށްފައިވާނެކަށް ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ ފަންނީ ޑީޕާޓްމެންޓާއިވެސް މަޝްވަރާޖިށް ހަދާފައިވާ ޕޮލިސީތަކެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ހަވާލުވީ ފަހުން އަދި އެއްވެސް ޕޮލިސީއަކަށް ބަދަލު ނުގެންނަކަމަށެވެ.

ބެސްޓް އޯލް ރައުޑް ހޯދުމުގައި ވަރަށް ގިނަ ކަންތައްތަކަކަށް ބަލާކަމަށް ފާހަގަކޮށް މިނިސްޓަރު ވަނީ އުޅުމާއި އަހުލާހުވެސް ފާހަގަކުރައްވާފައެވެ. އަދި އޭގެ ތެރޭގައި އޯލެވެލްގެ ނަތީޖާވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. ސުކޫލުގެ ނަތީޖާއަށްވެސް ބަލާކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ޑައިމެންޝަންތަކަށް މިކަމުގައި ބަލާނެކަމަށެވެ.

ނަމަވެސް ބެސްޓް އޯލް ރައުންޑް ހޮވުމުގައި މައްސަލަތައް ދިމާވާކަމަށް ފާހަގަވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރަމުންދާކަމަށް ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހާޒިރީގެ މައްސަލައަށް ބަލާއިރުވެސް، ޕޮލިސީ ބަދަލުކުރަން ޖެހޭ ވަރު މައްސަލައެއް ނެތްކަމަށެވެ. ސެޓިފިކެޓް ހަވާލުކުރި ނަމަވެސް، ނާންނަ ދުވަހެއް އައި ދުވަހެއްގެ ގޮތުގައި ކަނޑައެމުން އެންމެ ރަނގަޅު އަސަރު ނުނިކުންނާނެކަމަށް މިނިސްޓަރު ދޭހަކުރެއްވިއެވެ.

އެހެންކަމުން ޕޮލިސީ ބަދަލުކުރުުގެ ވިސްނުން ނެތްކަމަށް ވިދާޅުވިއެވެ. ނަމަވެސް އަންނަ ބަދަލުތަކާއިއެކު ޕޮލިސީތައް ރިވިއުކުރުން މުހިންމުކަމަށް ދެކޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: