ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރު: ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލާނެ ގޮތާމެދު ސުވާލުތަކެއް!

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި
ޝެއާރކޮށްލާ ކަހަލަދޯ؟

މުހައްމަދު އަނަސް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުން އަލުން ބެލުމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާއިރު، އެކަމާ ގުޅޭ އަޑުއެހުމެއް އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ތުހުމަތު ކުރެވޭ މީހުން ބަންދުކުރުމަށްޓަކައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލާއިރު، ދައުވާ ކުރެވުނުއިރު ހުރި ހެކިތަކަށް ބަލަންޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކިތަކާ ގުޅޭގޮތުން ޙުކުމުގައި ސުވާލު އުފައްދާފައިވީނަމަވެސް، އެއީ ވުޖޫދުގައި ނެތް އެއްޗެއްކަމަށް ބަލައިގެން ގޮތެއް ނިންމުމަކީ އަދުލު އިންސާފަށް ހުރަސް އެޅިދާނެ ކަމެއްކަމަށް ވެދާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހިސާބުން ފަނޑިޔާރުން ވަނީ ދައުލަތުން އެދެނީ ދަށު ކޯޓުން ކޮށްފައިވާ ޙުކުމަކީ ނެތް ޙުކުމެއްތޯ ބެލުމަށްތޯ ސުވާލުކޮށްފައެވެ. ވަކިން ޚާއްސަކޮށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލާނީ ކޮން ހެކިތަކަކަށް ބަލައިގެންތޯ ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

އެ ނުކުތާއާ ގުޅޭގޮތުން ފަނޑިޔާރުން ކުރި ގިނަ ސުވާލުތަކަކަށް ދައުލަތުން ޖަވާބުދީފައިވެއެވެ. އެގޮތުން ދައުލަތުން ދެކޭ ގޮތުގައި މައްސަލައިގައި ދައުވާ ކުރެވުނުއިރު ހުރި ހެކިތަކަށް ބަލައިގެން، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ ކަނޑައެޅިދާނެއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް މީގެ ކުރިން ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

އެހެންވެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ވަނީ ދެފަރާތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވައި، ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކުމަށްވެސް ފުރުސަތު ދެއްވާފައެވެ. އަދި އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް އަނބުރާ ފޮނުވާލީއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ސަލީމްއެވެ.

ހައިކޯޓުގައި މިހާރު މިވަނީ މި މައްސަލައާ ގުޅޭގޮތުން ދެފަރާތުންވެސް ދައްކަން ހުރި ވާހަކަތައް ދެއްކުމަށް ފުރުސަތު ދެއްވާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ގޮތް ނިންމުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: