އެޗްޑީސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކަސްޓަމަރ ކެއަރ އޮފީހެއް ހުޅުވައިފިއެވެ.
އެޗްޑީސީން އާންމުކޮށްފައިވާގޮތުން އެ ކުންފުނިން އަންނަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމުގެ ތެރެއިން މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ 6 ވަނަ ޓަވަރުގައި އެ ކުންފުނީގެ ކަސްޓަމާރ ކެއަރ އޮފީހެއް ހުޅުވާފައިވާކަމަށް ބުނެފައިވެއެވެ.
މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދީ ބޭނުންވާ މައުލޫމާތު ސާފުކުރެވޭ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައެވެ. މި އޮފީސް ހުންނާނީ ވިނަރެސްގެ 6 ވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ. މި އޮފީހުން ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް ލިބޭނެކަމަށް ބުނެފައިވެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް މި އޮފީސް ހުޅުވިފައި ހުންނާނެކަމަށްވެސް ހާމަކޮށްފައިވެއެވެ.
ހިޔާ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނީވެސް ވިނަރެސްގައި ހުންނަ އެޗްޑީސީގެ އޮފީހުންނެވެ..

