ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން ކ. ހިންމަފުށީގައި އާ ޖެނެރޭޓަރު ސެޓެއް ގާއިމުކޮށްފި

ކ.ހިންމަފުށީގައި ގާއިމުކުރެވިގެންދިޔަ ޖެނެރޭޓަރު ސެޓް ސްޓެލްކޯއިން ކޮމިޝަން ކުރާ މަންޒަރު/ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހުންމަފުށީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، އާ ޖެނެރޭޓަރު ސެޓެއް ގާއިމުކޮށް، ބޭނުން ކުރަންފަށައިފިއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، ސްޓެލްކޯއިން ހިންމަފުށީގައި ދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަކުރުމަށްޓަކައި 500 ކިލޯވޮޓްގެ އާ ޖެނެރޭޓަރު ސެޓެއް އެ ރަށަށް ފޮނުވައި ކޮމިޝަންކޮށްފައިވާކަމަށެވެ. އަދި އެ ޖެނެރޭޓަރ ބޭނުން ކުރަން ފަށާފައިވާކަމަށް ވެސް މައުލޫމާތު ދިނެވެ.

ހިންމަފުށީގައި ގާއިމުކުރެވިގެން ދިޔަ ޖެނެރޭޓަރު ސެޓާއިއެކު، ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ 2414 ކިލޯވޮޓްއަށް އިތުރުވެގެންދާނެކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖެނެރޭޓަރު ކޮމިޝަންކޮށް، ބޭނުންކުރަން ވަނީ ފަށާފަ އެވެ. އެގޮތުން، 20 ޖެނެރޭޓަރު ސެޓް ވަނީ 19 ރަށްޓަކަށް ފޮނުވައި، ކޮމިޝަންކޮށް ބޭނުންކުރަން ފަށާފަ އެވެ.

މީގެއިތުރުން، މިދިޔަ ރޯދަމަހުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ހުޅުމާލޭގައި 19.2 މެގަވޮޓްގެ ޕަވާހައުސްއެއް ވަނީ ގާއިމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: