ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފިރިހެން ނަރުސް!

ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ ފިރިހެން ނަރުސް/ފޮޓޯ: ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ނިލަންދޫއަށް އުފަން އަހުމަދު އަލީއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފިރިހެން ނަރުހެވެ. އަންހެނުން އެންމެ ގިނައިން މަސައްކަތްކުރާ ސިއްހީ ދާއިރާގެ ތެރެއިން ނަރުހެއްގެ ހައިސިއްޔަތުން މަސައްކަތްކުރަން ފެށި އެންމެ ފުރަތަމަ ފިރިހެން ދިވެއްސެވެ.

ދުނިޔޭގެ ނަރުހުންގެ ދުވަހާ ގުޅިގެން ސަންގު ޓީވީގެ ”އެންމެ އެކުވެރިން“ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު އަލީ ވިދާޅުވެފައިވަނީ، ”ކުޑައިރުއްސުރެވެސް އަޅުގަނޑުގެ ވިސްނުން ހުރީ ނަރުހަކަށްވުމަށް“ ކަމަށެވެ. ސްކޫލް ދައުރުގައިވެސް މުދައްރިސުން އޭނާއާ ސުވާލުކުރުމުން ދެމުން ގެންދިޔައީ ހަމަ އެ ޖަވާބެވެ.

އަހުމަދު އަލީގެ ތަޢުލީމީ ދަތުރު ފެށިގެން ދިޔައީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭނާގެ އިބްތިދާއީ އަދި ސާނަވީ ތަޢުލީމު ފުރިހަމަކުރީވެސް އެ މަރުކަޒުންނެވެ. ނަރުސްކަމުގެ ދާއިރާއަށް އޭނާގެ ޝައުޤުވެރިކަން އުފެދުނީ އޭނާގެ މަންމަ ނިޔާވުމާ ގުޅިގެންނެވެ. އެ ދުވަސްވަރު ރާއްޖޭގެ ސިއްހީ ދާއިރާގައި ތަމްރީނު ލިބިފައިވާ މީހުން މަދުކަމާއި، އެކަށީގެންވާ ފެންވަރުގައި ސިއްހީ ޚިދުމަތް ނުދެވޭކަން ފާހަގަކުރެވުމުންނެވެ.

2005 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ނަރުސްކަން ކިޔަވަން ފެށި އަހުމަދު އަލީ، 2007 ވަނަ އަހަރު ޑިގްރީ ހާސިލުކުރެއްވިއެވެ. 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަޖިސްޓަރޑް ފިރިހެން ނަރުހެއްގެ ގޮތުގައި ފ. އަތޮޅު ސިއްހީ މަރުކަޒުގައި މަސައްކަތް ފެއްޓެވިއެވެ. އެތަނުގައި ނަރުހުންގެ އިންޗާޖް އަދި އޯޕީޑީ އިންޗާޖްގެ މަޤާމު ފުރުއްވިއެވެ.

މިހާރު އައި.ޖީ.އެމް.އެޗްގެ ޑައިލަސިސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ އަހުމަދު އަލީ ވިދާޅުވާ ގޮތުގައި، ކްރިޓިކަލް ކެއަރ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރުމަށް އިތުރު ތަމްރީނުތައްވެސް ހާސިލުކުރައްވާފައިވެއެވެ. އޭނާގެ މަސައްކަތުގެ ދާއިރާގައި ދިމާވި އެންމެ ގޮންޖެހުންތެރި ދުވަސްވަރަކީ މާލެއިން ފެން ކެނޑުނު ދުވަސްވަރުކަމަށް ފާހަގަކުރައްވައެވެ. ޚާއްސަކޮށް ޑައިލަސިސް ފަދަ ފެނަށް ބަރޯސާވާ ޚިދުމަތްތައް ދިނުމުގައި ދިމާވި ދަތިތަކަކީ އަދިވެސް ހަނދާން އާކުރެވޭ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: