ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް 2.0 އަށް ބަދަލުކުރުމުގައި ރައީސް ދައްކަވާފައިވާ ލީޑަރޝިޕް ފާހަގަކޮށްލެވޭ: ސައީދު

ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫއްޔާ ބައިވެރިވެވަޑައިގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގައި ”މޯލްޑިވްސް 2.0“ އަށް ދިވެހިރާއްޖެ ބަދަލުކުރުމުގައި ދައްކަވާފައިވާ ހުނަރުވެރި ލީޑަރޝިޕަކީ ފާހަގަކޮށްލެވޭކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އިތުރަށް ވިދާޅުވެފައިވަނީ މި މަޝްރޫޢުން ދައްކުވައިދެނީ ހާމަކަން ބޮޑު، ދެމެހެއްޓެނިވި އަދި އިޤްތިޞާދީ ގޮތުން ހަރުދަނާ މުސްތަޤްބަލަކަށް، ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށް ތައްޔާރުވެފައިވާ މިންވަރުކަމަށެވެ. މިފަދަ މަސައްކަތްތަކުން ހާމަކޮށްދެނީ ކޮރަޕްޝަން ނައްތާލުމަށާއި، މަސައްކަތުގެ ހަރުދަނާކަން އިތުރުކުރުމަށާއި، ނިޒާމުތަކުގައިވާ ވަރުގަދަ ޖަވާބުދާރީވުމެއް ޤާއިމުކުރުމަށް އޮތް ވަރުގަދަ އަޒުމެއްކަމަށް ވަޒީރު ހާމަކޮށްފައިވެއެވެ.

މޯލްޑިވްސް 2.0″ އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢު އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ހުރި ގިނަ މައްސަލަތަކެއް ނައްތާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ. ހުދު ރައީސުލްމްހުރިއްޔާ ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމަށެވެ. މި މަޝްރޫއުއާއިއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. ހިންގުމުގައިއާއި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކިވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެއެވެ.

ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާ ހޯދައި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެއެވެ. ޚިދުމަތް ހޯދުމުގައި ކަންކަން ވާންވީ ގޮތް ނޭނގޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށް ފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: