ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހާޒުވެސް ފަނޑިޔާރުކަމުން ވަކިކޮށްފި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ވަކީލު މުހައްމަދު ފައިސަލްއާއި އެކު ކޯޓަށް ވަޑައިގަންނަވަނީ/ ފޮޓޯ: ދައުރު ނޫސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ. ފަނޑިޔާރު ވަކި ކުރުމަށް ނުފެންނަކަމަށް 11 މެމްބަރަކު ވޯޓު ދެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން މަހާޒްގެ ވަކީލު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އަދި މަހާޒްގެ ފަރާތްޕުޅުން ކޮމިޓީގައި ހިއްސާ ކުރެއްވި މައުލޫމާތުގައި އޭނާ ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ތަޙްޤީޤުކޮށް ބަލަން ފެށުމުގައި އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ މައްސަލަ ބެލުމަށް އެކުލަވާލި ތަޙްޤީޤު ކޮމިޓީން ޢަމަލުކޮށްފައިވާ ގޮތާގުޅޭ ގޮތުން ނުހަނު ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެކަންކަން މަހާޒް ވަނީ ޖުޑީޝަރީ ކޮމިޓީއާ ލިއުމުން ހިއްސާ ކުރައްވާފައެވެ.

މަހާޒް ވިދާޅުވީ، ޖޭއެސްސީގައި މި މައްސަލަ ބެއްލެވި ކޮމިޓީއިން ކަނޑައެޅިގެން ޤާނޫނުގައިވާ އިޖުރާއަތުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށާއި، މައްސަލަތައް ބެލުމުގައި އިންސާފުވެރިވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ މުޅިން ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.

މަހާޒް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ ކްރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލީހަށް ގެނެވުނު ފަރާތެއް ދޫކޮށްލުމަށް ނުފޫޒު ފޯރުވިކަމަށެވެ. އެއީ ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ފިރިކަލުންނެވެ.

އެހެންނަމަވެސް މިއީ ކަނޑައެޅިގެން ދޮގު ތުހުމަތެއްކަން ފާހަގަ ކުރައްވައި މަހާޒް ވިދާޅުވީ، ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވުނު އެއްވެސް މީހަކާމެދު ވަކި ގޮތަކަށް ޢަމަލުކުރުމަށް އެއްވެސް ކަހަލަ އިރުޝާދެއް އެއްވެސް މީހަކަށް ދެއްވާފައިނުވާނެ ކަމަށެވެ.

ވަކިން ޚާއްޞަކޮށް ތުހުމަތު ކުރެވުނު މައްސަލައިގައި ބަޔާންކުރާ ފަރާތް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ޤާޟީވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހާޒިރުވެ ހެކިބަސް ދީފައިވަނީ އެ ނިންމުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައިނުވާ ކަމަށްކަން މަހާޒް ފާހަގަ ކުރެއްވިއެވެ. އަދި އެ ކޮމިޝަނަށް ހާޒިރުކުރި އެއްވެސް ފަރާތަކުން އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް މީހަކަށް އިރުޝާދު ދިންކަމުގައި ބުނެފައިނުވާކަމަށްވެސް މަހާޒް ވިދާޅުވިއެވެ.

އެހެންކަމުން މިހައި ސާފުކޮށް އޮތް ކަމެއްގައި ވަކި މީހަކަށް ނުފޫޒު ފޯރުވިކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުމަކީ އެކަމުގައި ބޭއިންސާފު އިންތިހާއަށް އެކުލެވޭކަމެއްކަން އަންގައިދޭ ކަމެއްކަމަށް މަހާޒް ވިދާޅުވިއެވެ.

މަހާޒް އިތުރަށް ވިދާޅުވީ، މި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތަޙްޤީޤު ކުރުމުގައި އެ ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފުސީލު ފޯރުކޮށް ދީފައި ނުވާ ކަމަށެވެ.

އެ މައްސަލައަކީ ޢާންމު މީހަކު ފޮނުވި ސިޓީއަކާ ގުޅިގެން އެ ކޮ މިޝަނުގެ އިސްނެގުމަކަށް ބެލި ސުލޫކީ މައްސަލައެއްކަމުގައި ބުނާއިރު، އެ ސިޓިއަކީ ކޮން އިރަކު އެ ކޮމިޝަނަށް ހުށަހެޅި ސިޓީއެއްކަމާއި، އެ ސިޓީއާމެދު ގޮތް ނިންމައި މައްސަލަ ބެލުމަށް ފަށާފައިވަނީ ޤާނޫނުގައި ބުނެފައިވާ މުހުލަތުގައިކަން ސާފުކޮށް ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އެ މަޢުލޫމާތުވެސް ހިއްސާކޮށްފައި ނުވާކަމަށް މަހާޒް ވިދާޅުވިއެވެ.

މަހާޒް ވިދާޅުވީ މިކަމުގެ ސަބަބުން މައްސަލައަށް ފުރިހަމައަށް ޖަވާބުދާރީވުމަށް އޮތް ޙައްޤަށް އުނިކަން ލިބިފައިވާކަމަށެވެ.

މީގެ އިތުރުން، ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ޅ) އިން ލިބިދޭ ތަހުގީގު މަރުޙަލާގައި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތުވެސް މައްސަލަ ބެއްލެވި ކޮމިޓީން ދީފައިނުވާކަން މަހާޒް ވަނީ ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައެވެ.

މީގެ އިތުރުން، މި މައްސަލަ ބެލުމުގައި އިޖުރާއީ ގޯސްތަކެއް ހިމެނޭކަމަށްވެސް މަހާޒް ވިދާޅުވިއެވެ. އެގޮތުން ހެއްކާބެހޭ ޤާނޫނަކީ އެ ކޮމިޝަނުގެ މައްޗަށް ހިނގާ ޤާނޫނެއް ނަމަވެސް، އެ ޤާނޫނާ ހަވާލާދީ އެ ކޮމިޓީން އެއްވެސް ވާހަކައެއް ހެކިން ހާޒިރު ނުކުރުމުގައި ބަޔާންކޮށްފައިނުވާކަމަށް މަހާޒް ވިދާޅުވިއެވެ. އަދި ތަޙްޤީޤުގައި ތަކުރާރުކޮށް ފާހަގަ ކުރިނަމަވެސް ފަނޑިޔާރުންނާ ގުޅޭ ބައިނަލްއަޤްވާމީ އުސޫލުތަކާބެހޭ އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މަހާޒް ވަނީ މި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގެންނެވުމުގެ ފުރުސަތަކަށް އެދިލައްވާފައެވެ.

އެހެންނަމަވެސް އެ ފުރުސަތު ކޮމިޓީން ދީފައެއް ނުވެއެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ރިއާޔަތްކޮށް ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފާސްކޮށްފައިވާއިރު، އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކުރިއެވެ. ނަމަވެސް އެ ނިންމުންތައް ކޮމިޓީން އެކަށީގެންވާ ގޮތެއްގައި ދިރާސާކޮށްފައެއްވެސް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: