ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި މެދު ކޮމިޓީން މިއަދު ނޫނީ މާދަމާ ގޮތެއް ނިންމާނެ

ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެންމެ 3 މެންބަރުން ކުރިމަތިލާފައި ވާތީ، އިންތިޚާބު ކުރިއަށް ގެންދިއުމާއި މެދު ޤާނޫނީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށް، ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމާނެކަމަށް ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވެއްޖެ އެވެ. 

މި އިންތިޚާބަކީ 26 މޭ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބެކެވެ. ކައުންސިލުގެ އިއުލާނުގައި ބުނެފައިވާ 4 މަޤާމަށް އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ، މިހާރު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

ކޯޓަށް ދިއުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ގާނޫނީ ވަކީލުންތަކެއް ބާރ ކައުންސިލަށް ފޮނުވި ސިޓީއެއްގައެވެ. މި މައްސަލަ މިގޮތަށް އުފެދިފައިވާތީ ސަންގުޓީވީން ސުވާލު ކުރުމުން، ސިރާޖު ވިދާޅުވީ ގާނޫނީ ކަންބޮޑުވުންތަކެއް އައިސްފައި ވާތީ އެކަން މިހާރު އޮތީ ކޮމިޓީގައި ކަމަށެވެ. އަދި ވިދާޅުވީ މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި މައްސަލައިގައި ގޮތެއް ކޮމިޓީން ނިންމައި ކައުންސިލަށް އަންގާނެ ކަމަށެވެ.

ސަންގުއާއި ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ އެ ކޮމިޓީގައި ތިއްބަވާނީ ތިން މެމްބަރުންނެވެ.

އިންތިޚާބުތަކަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވާދަވެރިކަމާއެކު ކުރިއަށް ގެންދަންޖެހޭ ޕްރޮސެސްއެއް ކަމަށް ފާހަގަކޮށް، އިޢުލާނުގައި 4 މެންބަރުންނަށްވުރެ މަދުން ކުރިމަތިލައިފި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ކުރިމަތިލާފައިވާ 3 ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބު ބޭއްވުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި އިޢުލާން ބާޠިލުކޮށް، އަލުން މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ހުށަހަޅާފައެވެ. އަދި މިކަމާމެދު ބާ ކައުންސިލުން ނިންމާ ގޮތެއްގެ ސަބަބުން ވަކީލުންގެ ޙައްޤަށް އުނިކަމެއް އަތުވެއްޖެނަމަ، އެކަމުގެ ޙައްލު ހޯދުމަށް މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަން ވަނީ އަންގާފައެވެ. މީގެއިތުރުން، މައްސަލަ ނިމެންދެން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު ފަސްކުރުމަށްވެސް ވަނީ އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: