ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އަށް ނާސަރީއެއް ތަރައްޤީ ކުރުމަށް ފަހުމްނާމާއެއްގައި ސޮއިކޮށްފި

ފަހުމްނާމާގައި ސޮއިކުރުން: ފޮޓޯ/އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އަށް ނާސަރީއެއް ތަރައްޤީ ކުރުމަށް އެޗްޑީސީ އާއި އެކީ އެންވައިރަމެންޓު މިނިސްޓްރީން ފަހުމުނާމާއެއްގައި ސޮއެކޮށްފިއެވެ.

އެޗްޑީސީން މައުލޫޟާތު ދީފައިވާގޮތުން އެންވައިރަމެންޓު މިނިސްޓްރީން ހިންގާ 5 މިލިއަން ގަސް އިންދުމުގެ މަޝްޜޫޢުއަށް ނާސަރީއެއް ތަރައްގީކުރުމަށް ކަނޑައެޅިފައިވަނީ ޗައިނާ ސަރުކާރުންދޭ ހިލޭ އެހީގެ ދަށުންނެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ފަހުމްނާމާއެއްގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލްއެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެ ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރުވަނީ ނިމިފައިކަމަށް ބުނެފައިވާއިރު މި ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެކަންވެސް ހާމަކޮށްފައިވެއެވެ. އަދި މި ނާސަރީއިން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ދާނެކަން ފާހަގަކޮށްފައިވެއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 6.6 މިލިއަން ގަސް އިންދުމުގެ އަޙުދު ލިބިފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. މިއާއި އެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ޙަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަންވެސް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: