ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އުޅެނީ ގައުމު އިނދަ ޖައްސާލައި، ވެރިކަން ވައްޓާލަން: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ބޭނުންވަނީ މާލީ ގޮތުން ގައުމު އިނދަ ޖައްސާލައި ވެރިކަން ބަޣާވާތަކުން ބަދަލު ކުރަންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރިފާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ މެނިފެސްޓޯއަކާއި އެކުކަމަށާއި މިއިން ކޮންމެ ވައުދެއް އަކުރުން އަކުރަށް އެމަނިކުފާނު ފުއްދަވައިދެއްވާނެ ކަމަށެވެ. ރިފާއު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލު ކުރެވުނީ ކޮންކަމެއްތޯ ބުނެ ސުވާލު އަމާޒު ކުރަމުންދާއިރު، ގައުމު އޮތީ ކޮން ހާލަތެއްގައި ކަން ވެސް ބަލާލަން ޖެހޭ ކަމަށެވެ.

ރިފާއު ވިދާޅުވީ ރައްޔިތުން ތިބީ ވަރަށް ފޮނު އުންމީދެއްގައިކަމަށާއި، އެހެން ނަމަވެސް ސަރުކާރަށް އެންމެ ފުރަތަމަ ވެސް ޖެހުނީ އެމްޑީޕީން ގައުމު ވައްޓާލާފައި އޮތް ފުން އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއާއި، ލިބުނުހާ ހިލޭ އެހީތައް އަދި ލޯނުތަކުން ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. އެހެންވެ ސަރުކާރުން ޖެހުނީ ހުރިހާކަމެއް އަލުން ފަށައި، ތަރުތީބު ކުރަންކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ތިޖޫރީގަ ނެތޭ އަޑިވެސް.. އެވެސް އޮތީ ވަގަށް ނަގާފައޭ.. ފުރަތަމަ ޖެހުނީ ތިޖޫރީއެއް ގަންނަން.. އެއަށް ފަހު ނޫންތޯ އެއަށް ފައިސާ އެޅޭނީ..

ރިފާއު ވިދާޅުވީ އެމްޑީޕީ ބޭނުންވީ ސަރުކާރު އުފެދި މާ ގިނަ ދުވަހެއް ނުވެ، ގައުމު އިނދަޖައްސާލައި ވެރިކަން ބަޣާވާތަކުން ބަދަލު ކުރަން ކަމަށެވެ. އަދި އޭރު އޮތް 19 ވަނަ މަޖިލީހުން އެކަމަށް އެތައް މަސައްކަތްތަކެއް ކުރިކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ސަރުކާރު ބަދަލު ކުރުމަށް ކިތަންމެ މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބު ކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ. އަދި މިއަދު މަޖިލީހުގައި ތިބީ ގައުމީ ވިސްނުން ހުރި މެމްބަރުންކަމަށް ރިފާއު ވަނީ ވިދާޅުވެފަ އެވެ.

ރިފާއު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް މަތިކޮށްފައިވާ ހުރިހާ ޒިންމާއެއް ވެސް ދަނީ އަދާކުރަމުން ކަމަށެވެ. އަދި މަޖިލީހުން ކުރިޔަށް އޮތް ތަނުގައި ވެސް ފެންނާނީ އިހުލާސްތެރި މަސައްކަތްތައްކަމުގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: