ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންނާއި ކައުންސިލަރުންގެ އަދަދު ލިމިޓުކުރަން އިސްލާހެއް ހުށައަޅާނަން: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހާއި ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު ލިމިޓުކުރުމަށް ގާނޫނަށް އިސްލާހެއް ހުށައެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ އެކު ނަމުގައި ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި މަޖިލީހުގެ މެމްބަރުންގެ އަދަދާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމަކީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުކަމަށެވެ. އަދި ފެށިގެން އައިއިރު ތިބީ 77 މެމްބަރުންކަމަށްވާއިރު އައު ގާނޫނުއަސާސީ ވުޖޫދުވެގެން އައިސް މިހާރު އެ އަދަދު 93 އަކަށް އަރާފައިވާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިވަގުތު ތިބީ 93 މެމްބަރުންކަމަށްވާއިރު މި އަދަދު އިތުރުނުވާން ރައްޔިތުން އެދޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި މިހާރުވެސް އަދަދު ހުރީ ވަރަށް މަތީގައިކަމަށާއި ހަގީގަތަށް ބަލާއިރު 77 މެމްބަރުންވެސް ގިނަކަމަށް ހިއްސާކުރެއްވިއެވެ. ނަމަވެސް ރައްޔިތުން ތަމްސީލުވެގެންދާ މިންވަރު އިތުރުކުރުމަކީ ޑިމޮކްރެސީގެ އުސޫލުގެ ތެރެއިން ކުރެވިގެންދިއުން ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަން ހާމަކުރެއްވިއިރު މެމްބަރުންގެ އަދަދު 93 އަކަށް އަރައިގެން ދިއުމުގެ ފަހަތުގައިވާ ސަބަބަކީވެސް އެއީކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ހުށައަޅުއްވަން ނިންމަވާފައިވާކަމަށާއި އެ އިސްލާހުގެ ދަށުން މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު 93 އަކަށްވުރެ ގިނަ ނުވާނެ ގޮތަށް ކަނޑައެޅިގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނެއް ހުށައަޅުއްވަން ނިންމަވާފައިވަނީ މެމްބަރުންގެ އަދަދު ލިމިޓުކުރުމަށްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ނުވަތަ އެއް ރަށެއް ނޫނީ ފަސްގަނޑެއްގައި ގިނަ ދާއިރާތައް އޮންނަ ރަށްތަކުގައި ކައުންސިލުތަކާއި ދާއިރާތައް އިތުރުވެގެންދަނީވެސް އާބާދީއަށް ބަލައިގެންކަމަށެވެ. އެގޮތުން މާލޭގައި އެންމެ ފުރަތަމަ ފެށުނުއިރު 11 ކައުންސިލަރުންތިބި ހަނދާންވާކަން ފާހަގަކުރެއްވިއިރު މިހާރު އަދަދު އިތުރުވެ 18 އަށް އަރައިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަން ދިމާވެގެންދަނީ އާބާދީ އިތުރުވެގެންދާތީކަމަށެވެ. ނަމަވެސް ހުށައެޅުއްވުމަށް ނިންމަވާފައިވާ އިސްލާހުގެ ދަށުން ކައުންސިލަރުންގެ އަދަދު އިތުރުނުވެ މިހާރު ހުރި އަދަދުގައި ހިފެހެއްޓިގެންދާނެކަމަށާއި މިގޮތުގެ މަތިން މާލެ ނޫން އެހެނިހެން ސަރަހައްދުތަކުގައިވެސް މި އުސޫލު ތަންފީޒުކުރެވިގެންދާނަކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: