ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން އުޅެނީ އަބަދުވެސް ކޮންމެވެސް މީހެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން: ފަލާހު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އަބަދުވެސް ކޮންމެވެސް މީހެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިގެން މަސައްކަތްކުރާ ޕާޓީއެއްކަމަށާއި ޒުވާނަކު ވެއްޓި އަނިޔާތަކެއް ލިބުނު މައްސަލައާއި މިނިސްޓަރ އަމީންއާއި  ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވި މަރަދޫ ދާއިރާގެ މެމްބަރު އަހަމަދު ދީދީ އެ މައްސަލަ ހުށައެޅުއްވިއިރު ތުރުތުރު އަޅުއްވަމުން ގެންދެވިކަމަށެވެ. އަދި މެމްބަރު ހުށައެޅުއްވީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެއްކަންވެސް އެނގިވަޑައިގަންނަވާނެކަމަށް ފާހަގަކުރެއްވިއެވެ.

ފަލާހު ވިދާޅުވީ، މިނިސްޓަރ އަމީން ދެއްވި ޖަވާބުތަކުން މައްސަލައިގެ ކަންކަން ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާކަމަށާއި އަމީން ޖަވާބު ދެއްވުމުގެ ކުރިންވެސް އެމްޑީޕީ އަދި ރައްޔިތުންނަށްވެސް މި މައްސަލައާއި މިނިސްޓަރ އަމީންއާއި އެއްވެސް ގުޅުމެއް ނެތްކަން ސާފުކަމަށް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، މާޒީއަށް ބެލުމުން އެމްޑީޕީގެ މަގުސަދު ފެނިގެންދާނެކަމަށާއި އެ ޕާޓީއަކީ އަބަދުވެސް ކޮންމެވެސް މީހެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ތެރޭގައި އުޅޭ ޕާޓީއެއްކަމަށް ތާރީހުން ފެނިގެންދާކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، 19 ވަނަ މަޖިލީހަށް ބަލާއިރު އެޕާޓީ ވެރިކަމަށް ގެނައުމުގައި މަސައްކަތްކުރެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ކަންކަން ވެގެންދިޔަގޮތް ފެނިގެންދާނެކަމަށެވެ. ފަލާހު ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ވައްދައިގެން ތަޅުވަމުންގޮސް އެންމެފަހުން މަގާމުން ވަކިކުރާނެކަން ޔަގީންވެވަޑައިގެންނެވުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވިކަމަށެވެ.

ފަލާހު ވިދާޅުވީ، އެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ސުޕަރމެޖޯރިޓީއެއް އޮވެ މަޖިލީހަށް ހުށައަޅައިގެން ތަޅުވަމުން ތަޅުވަމުންގޮސް އެންމެ ފަހުން ވަކިކުރާނެކަން ޔަގީންވެވަޑައިގެންނެވުމުން އޭނާވެސް ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިކަމަށެވެ.

މެމްބަރު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީސްކަމަށެވެ. އަދި ހުވާކުރެއްވި ދުވަހުން ފެށިގެން އެމްޑީޕީން މަޖިލީހުގެ އެ ދައުރުގައި ކުރަން ފެށި މަސައްކަތްތަކަކީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތްތައްކަމަށް ހިއްސާކުރެއްވިއެވެ.

ފަލާހު ވިދާޅުވީ، މެމްބަރުގެ އަދަދު ހަމަނުވާކަމަށްވުމުން މަޖިލީހުގެ ގާނޫނުތަކާއި ގަވައިދުތައް ތަރުތީބުކޮށްގެން ރައީސް ޑރ މުއިއްޒު އަޒުލުކުރުމަށް ހާއްސަ ކޯޓެއް ފެހިކަމަށެވެ. ނަމަވެސް ސުޕްރީމްކޯޓުންވަނީ އެކަން ނުކުރެވޭނެކަމަށް ނިންމާފައިކަމަށާއި އެހިސާބުންވެސް ކެތްނުވެގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުން އެޕާޓީގައި ތިއްބެވި ގައުމަށް ހެޔޮއެދޭ ބައެއް މެމްބަރުންވަނީ އެމްޑީޕީ ދޫކޮށް ޕީއެންސީއާއި ގުޅިފައިކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: