ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2000 ފަތުރުވެރިންނާއިއެކު އެމްއެސް އައިޑާ ސްޓެލާ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފި

ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓަލީއަށް ނިސްބަތްވާ ކްރޫސްލައިނާ އެމްއެސް އައިޑާ ސްޓެލާއިން 2000 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

އެމްއެސް އައިޑާ ސްޓެލާގެ އިންވާޑް ކްލިއަރެންސް ކަސްޓަމްސްއިން ވަނީ ދީފައެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސްއިން މައުލޫމާތު ދެމުން ބުނެފައި ވަނީ، އެމްއެސް އައިޑާ ސްޓެލާ ދިވެހިރާއްޖެއަށް އައިސްފައިވަނީ 2025 މޭ 14 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ. އަދި އެ ކްރޫސްލައިނާ ދިވެހިރާއްޖެއަށް އައިސްފައިވަނީ ސްރީލަންކާއަށް ބަނދަރުކުރުމަށްފަހުކަމަށެވެ.

މީގެއިތުރުން، ކަސްޓަމްސްއިން ބުނެފައިވަނީ، އިންވާޑް ކްލިއަރެންސް ދީފައިވާ އެމްއެސް އައިޑާ ސްޓެލާގެ ބޯޓުފަހަރުން ޖުމްލަ 2022 ފަސިންޖަރާއި 628 ފަޅުވެރިން ހިމެނޭކަމަށެވެ.

ފާހަގަކޮށްލެވޭގޮތުގައި، މި މަހުގެ 4 ވަނަ ދުވަހުގައި އެމްއެސް ނޯޓިކާއިން 610 ފަތުރުވެރިންނާއި 397 ފަޅުވެރިންވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާ ހިސާބަށް ވަރަށް ގިނަ އަދެދެއްގެ ކްރޫސްލައިނާ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ، މި އަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 897,444 ފަތުރުވެރިން އައިސްފައިވާކަން ހާމަވެގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: