ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެޗްއާރުއިން ”ފަލަސްތީނު ކޯލާ“ ރާއްޖޭގެ ބާޒާރަށް ނެރެނީ!

އެމްއެޗްއާރުއިން ރާއްޖޭގެ ބާޒާރަށް "ފަލަސްތީނު ކޯލާ" ނެރުމަށް ވަނީ ތައްޔާރުވެފައި/ ފޮޓޯ: ފަލަސްތީން ކޯލާ ޕޭޖް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެޗްއާރުއިން ރާއްޖޭގެ ބާޒާރަށް ”ފަލަސްތީނު ކޯލާ“ ނެރުމަށް ތައްޔާރުވެފައިވާއިރު، އަންނަ ހަފްތާގެ ތެރޭގައި ބާޒާރުގައި ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފަލަސްތީން ކޯލާއަކީ ފަލަސްތީނުގެ ދެބެއިން، ސުވެޑައިންގައި އުފައްދާ ބުއިމެކެވެ. ފަލަސްތީނު ކޯލާ އައިސްފައިވާ ގޮތަކީ، ފަލަސްތީނުގެ ނައްތާލުމަށްޓަކައި އިޒްރޭލުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ފަލަސްތީނުގެ ނަން ކޮންމެ ތަނަކުން ވެސް ފެންނާނެހެން، އެ ނަމާއި އެ އަޑު ފޮހެވިޔަ ނުދިނުމަށްޓަކައެވެ.

އެ ދެބެއިން އިސްކޮށް ތިބެ މާކެޓަށް ނެރެފައިވާ ”ފަލަސްތީނު ކޯލާ“ އަކީ ހުދު ކުލައިގެ ދަޅެކެވެ. އަދި ރަތް އަކުރުން، ދަޅުގައި ބޮޑު އަކުރުން ފަލަސްތީނު ކޯލާ ލިޔެފައިވެއެވެ.

ފަލަސްތީނު ކޯލާ ވިއްކައިގެން ލިބޭ ހުރިހާ ފައިދާއެއް އެ ދެބެއިން ހަދިޔާ ކުރަނީ އެ ގައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީތަކަށެވެ.

މި ޕްރޮޑަކްޓު ރާއްޖޭގެ ބާޒާރަށް ނެރުމަށް ތައްޔާރުވަމުން ދަނީ، އެމްއެޗްއާރު ކުންފުންޏެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމުގައި މި ޕްރޮޑަކްޓާއި ބެހޭ މައުލޫމާތު ދެއްވަމުން އެމްއެޗްއާރުގެ މާކެޓިން މެނޭޖަރ އިސްމާއިލް އަނަސް ވިދާޅުވީ ފަލަސްތީން ކޯލާއިން ސޭލްސްގެ ޕްރޮފިޓްގެ 100 އިންސައްތަ ފޮނުވަނީ ޗެރިޓީތަކަށް ކަމަށެވެ.

މީގެއިތުރުން އަނަސް ވިދާޅުވީ ތަރުހީބަށް ބަލައި، ފަލަސްތީން ޑްރިންކްސްގެ އިތުރު ޕްރޮޑަކްޓުތައް ރާއްޖެއަށް ގެންނާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ލެމަނޭޑް ފަދަ ބައެއް އެނާޖީ ބުއިންތައް ޓެސްޓު ކުރަމުންދާކަން ފާހަގަކުރި އެވެ.

އަނަސް ވިދާޅުވީ މި ހަފްތާ ބަންދުގެ ތެރޭގައި ރަސްމީކޮށް ފަލަސްތީން ކޯލާ ލޯންޗު ކުރާނެ ކަމަށެވެ. އެއާއި އެކު އަންނަ ހަފްތާ ފެށިގެންދާއިރު، މާލޭގެ ބާޒާރަށް ފަލަސްތީން ކޯލާ ނެރެވޭނެކަމަށް ވިދަޅުވި އެވެ.

އެމްއެޗްއާރަކީ ހޯލްސޭލް ކުރާ ކުންފުންޏެއްކަމުން، ރާއްޖޭގެ ރަށްތަކުގެ ފިހާރަތަކުގައި ވެސް ޕްރޮޑަކްޓު ވިއްކުމުގެ ފުރުސަތު އޮންނާނެކަން އަނަސް ފާހަގަކުރި އެވެ.

އަނަސް ވިދާޅުވީ އިޒްރޭލަށް ވާގިވެރިވާ ބައެއް ކުންފުނިތަކުގެ ޕްރޮޑަކްޓުތަކުގެ މާސް ބޮއިކޮޓް ކެމްޕެއިނެއް ކުރިޔަށް ދާއިރު، އެމްއެޗްއާރުއިން މަސައްކަތް ކުރަމުން ދަނީ އޭގެ އަލްޓަނޭޓިވް ޕްރޮޑަކްޓެއް ބާޒާރަށް ނެރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

އެމްއެޗްއާރުގެ މި ޕްރޮޑަކްޓު ދައްކާލުމާއި، ޓެސްޓިން މިރޭގެ 08:00 އިން 10:00 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށް ދާނެ އެވެ. އަދި ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް، މި ބުއިމުގެ ރަހަ ބަލާލެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: