ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑީ ޝޮޕުން ރާއްޖޭގައި ފިހާރައެއް ހުޅުވައިފި

ބޮޑީ ޝޮޕް ފިހާރައިގެ ޕްރޮޑަކްޓުތަކެއް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ބޮޑީ ޝޮޕްއިން މަޖީދީ މަގުގައި ފިހާރައެއް ހުޅުވައިފިއެވެ.

ކޮސްމެޓިކްސްގެ ދާއިރާއިން މަގުބޫލު ކުންފުންނި ބޮޑީ ޝޮޕްގެ އައު ފިހާރަ ހުޅުވާފައިވަނީ ދަ ކެމްޕަސް ހުންނަ ސަރަހައްދުގައެވެ.

އެ ފިހާރައިގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތަކުން މައުލޫމާތު ދީފައިވާގޮތުން އެ ކުންފުންޏަކީ އިނގިރޭސި ވިޔަފާރިވެރިއެއްކަމަށް ޑޭމް އަނީޓާ ރޮޑިކް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި 2006 ވަނަ އަހަރު އިންޑިއާގައި އެ ލައިނުގެ ކޮސްމެޓިކްސް ވިއްކަން ފެށުމަށްފަހު ދެކުނު އޭޝިއާގެ ގައުމުތަކަށް ފުޅާކުރުމަށް ނިންމީކަމަށް ބުންޏެވެ.

އެހެންކަމުން މިހާރު ސްރީލަންކާ ބަންގްލަދޭޝް އަދި ނޭޕާލްގައިވެސް ހުންނައިރު މިއީ ރާއްޖޭގައި ހުޅުވިގެންދާ ފުރަތަމަ ފިހާރަކަމަށް މައުލޫމާތު ދިނެވެ.

މިތަނުން ވިއްކާނެ ހުރިހާ ޕްރޮޑަކްޓުތަކަކީ 100 އިންސައްތަ ފަތްޕިލާވެލިން އުފައްދާފައިވާ ތަކެއްޗެވެ.

މިފިހާރައިގެން ހެޑް ޓު ޓޯ ސްކިން ކެއަރ ޕްރޮޑަކްޓުތައް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މޫނުން ފެށިގެން މުޅި ހަށިގަނޑުގައިވެސް ބޭނުންކުރާނެ ޕްރޮޑަކްޓުތައް ފިހާރައިން ލިބޭނެކަމަށާއި މިތަނުން ފިރިހެނުންނަށް ބޭނުންވާ ސެންޓާއި މޭކަޕުވެސް ލިބެން ހުންނާނެކަމަށް ފިހާރައިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: