ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސް ނުލިބުމުގެ މައްސަލަ މި ދައުރުގެތެރޭގައި ހައްލު ކުރާނަަން: މިނިސްޓަރު ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރީންނަށް ބޭނުންވާ މިންވަރަށް އައިސް ނުލިބުމުގެ މައްސަލައަށް މި ދައުރުގެ ތެރޭގައި ދާއިމީ ހައްލެއް ހޯދާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވުޒާރާތަކުގެ މަސައްކަތްތަކާއި ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ފަހިކުރަން ކުރިއަށް ގެންދާ ”އަހާ“ ފޯރަމްގައި ޝިޔާމް ވިދާޅުވީ މިިދިޔަ ސަރުކާރުން ފެނަކައާ ހިންގަން ހަވާލުކުރި 17 އައިސް ޕްލާންޓް ގެ ތެރެއިން ގިނަ ޕްލާންޓްތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ. އެހެންކަމުން އެ މަސައްކަތް އަލުން މިފްކޯގެ ދަށަށް ގެނެސް އޮޕަރޭޝަން ފެށުމަށް ގިނަ މަސައްކަތްތަކަކާއި ބޮޑު ހޭދައެއް ކުރަން ޖެހުނުކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 26 އައިސް ޕްލާންޓުގެ ތެރެއިން މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރީ ތިން ޕްލާންޓު.

ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މިހާރު އައިސް އުފެއްދޭ މިންވަރުގެ ތެރެއަށް 700 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ސަރުކާރާއި ހަވާލުވީއިރު މަހުގެ އަގު ހުރީ ދައުލަތަށް ކެތްވާ އަދަދުގައެއް ނޫންކަމަށެވެ. 23 ރުފިޔާއަށް މަސް ކިލޯއެއްގެ އަގު ހަމަޖައްސާފައި ހުރިއިރު، މިއީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ކަނޑައަޅާފައިވާ އަގެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންވެސް އެކަން ގަބޫލުކުރާކަމަށާއި، އެ އަގަށް މަސް ކިލޯއެއް ވިއްކުމަށް ހަމަޖެއްސީ ރިޔާސީ އިންތިހާބުގެ ތެރޭގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އަގަށް މަހުގެ އަގު ބޮޑުކުރުމަށްފަހު އެއްވެސް ވަރަކަށް މިދިޔަ ސަރުކާރުން މަސްވެރިންނަށް ފައިސާ ދައްކާފައިނުވާކަމަށާއި. އެގޮތުން 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި މަހުގެ އަގު ކަނޑައަޅަން ޖެހޭޏީ ބޭރުގެ މާކެޓުތަކަށް ރިޔާއަތްކޮށެވެ. މިހާރު 48 ގަނޑިއިރުގެ ތެޜޭގައި ދެމެހެއްޓިނިވި ނިޒާމެއްގެ ތެރެއިން މަސްވެރިންނަށް މިހާރު ފައިސާ ދޫކުރަމުން އަންނައިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ރައީސްގެ ވައުދާއި އެއްގޮތަށް 20 ރުފިޔާއަށް މަސް ކިލޯއެއްގެ އަގު ބަދަލުކުރުމންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: