ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށީގެ ހުއްދަތައް ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މިނިސްޓްރީ އޮތީ ތައްޔާރަށް: މިނިސްޓަރ ތާރިގު

ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށީގެ ހުއްދަތައް ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީން އިންޑަސްޓްރީއާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މަޓީ މޯލްޑިވްސް ފޯރަމް 2025 ގައި، ތިމާވެށީގެ އަސަރުތަކާ ގުޅުންހުރި ގަވާއިދުތަކުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ބެހޭ ޕެނަލް ޑިސްކަޝަނަކަށްފަހު، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް ނިންމާ ވާހަކަ ދައްކަވައިފިއެވެ.

މިނިސްޓަރ ޠާރިޤްގެ ވާހަކަގައި، ތިމާވެށީގެ ހުއްދަތައް ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީން އިންޑަސްޓްރީއާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަން އަންގަވައިދެއްވިއެވެ. މިކަމަކީ ޓޫރިޒަމް ދާއިރާގެ ތަރައްޤީއަށާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމްގައި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ޓޫރިޒަމް އިންޑަސްޓްރީގެ އިސްވެރިން ބައިވެރިވެ، ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިކަމާ ގުޅުންހުރި ގަވާއިދުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރެވުނެވެ.

މިނިސްޓަރ ޠާރިޤްގެ މި ބަޔާނަކީ، ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ. އަދި މިކަމުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: