ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ޑަބްލިއުއެޗްއޯއިން އެލަރޓްކޮށްފި

ދައުރަވަމުންދާ ފޭކް ބޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއްގެ ފޭކު ބޭސްތަކެއް ދައުރަވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޖާ (ޑަބްލިއެޗްއޯ) އިން އެލަރޓްކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެލަރޓްކޮށްފައިވާ ބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީން ކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން އެލަރޓްކޮށްފައިވާ ބޭހަކީ ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ދުރްވަލުމަބް IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެވެ. މި ބޭހުގެ ބެޗްތައް އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް ޑަބްލިއުއެޗް އިން ވަނީ އެލާޓްކޮށްފައެވެ.

ނަމަވެސް ބޭސް ސިޓީއަށް އަމިއްލަ ބޭނުމަށް ބޭސް އެތެރެ ކުރައްވާއިރު، މިބެޗްތަކާއިމެދު ސަމާލުވުމަށް  އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: