ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލާއި ޚިލާފުވުމުން އަސްކޮއި ޖުރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ނުގެންދިޔަ މައްސަލަ ބެލުމަށް ފަހު, އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް, 130000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އަސްކޮއި ޓްރެވަލްސް ސާވިސް ޕްރައިވެޓް ލިމިޓެޑު ޖުރިމަނާކޮށްފައިވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކާއި ވުޒާރާއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާތީ އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގެ 23 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައިގައި އަސްކޮއި އެ 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާއިރު ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް ވުޒާރާއިން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

ޢުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލު ހަރުދަނާކޮށް، އެ އުސޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަން ވުޒާރާއިން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: