ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތައް އެންމެ ގިނައީ ސާލިހު ސަރުކާރުގަ، ދަރަނީގެ ރެކޯޑެއްވެސް ހެދި: ހަމީދު

މެމްބަރު ހަމީދު:ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ސިޔާސީ މަގާމުތައް އެންމެ ގިނައީ ރައީސް ސާލިހުގެ ވެރިކަމުގައިކަމަށާއި އެމަނިކުފާނަކީ ދަރަނި އުފެއްދުމުގެ ރެކޯޑެއް ހައްދަވާފައިވާ ވެރިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ހަމީދު ވިދާޅުވީ، އެއްވެސް މީހަކަށް ބައެއްގެ ދުލުގައި ނުހިފެހެއްޓޭނެކަމަށެވެ. ހަމީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މަސައްކަތްފުޅު ކުރަމުން ދަނީ ހަގީގަތުގައިވެސް ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށްކަމަށެވެ. އަދި އެކަން ކުރައްވަން ނިންމަވާފައި ވަނީ ރާއްޖޭގެ މާލީ ހާލަތަށް ރިއާޔަތްކޮށްކަމަށާއި ހާއްސަ ގޮތެއްގައި ރިކަރެންޓު ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ މައްސަލަ ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިހާރު އޮތް ޕާޓީ ނިޒާމުގެ ތެރެއިން ވެރިކަމެއް ގާއިމުކުރެވިގެންދަނީ ވަރަށް ގިނަ ބަޔަކު މަސައްކަތްކޮށްގެން ގިނަ ދުވަސްތަކެއް މަގުމަތީގައި ހޭދަކޮށްގެންކަމަށެވެ. އެގޮތުން މިއަދު އެމްޑީޕީ މަގުމަތީގައި އޮތްއިރު މާދަން އެޕާޓީގެ ވެރިކަމެއް ގެނެވިއްޖެ ހާލަތެއްގައި މަގުމަތީގައި ހަރަކާތްތެރިވި މީހުން ވަޒީފާތައް ހޯދުމަށް އެދޭނެކަމަށް ހިއްސާކުރެއްވިއެވެ.

ހަމީދު ވިދާޅުވީ، ސިޔާސީ މަގާމުތަކަކީ ވަކި މީހަކު ވެރިކަމުގައި ހުރެގެން އިތުރުވެގެންދާ އެއްޗެއް ނޫންކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމަށްވުރެ އޭގެ ފަހުން ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގައި ސިޔާސީ މަގާމުތައް ގިނަކަމަށް އަލިއެޅުއްވިއެވެ. މެމްބަރު ވިދާޅުވީ، އެ ދައުރަށްވުރެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި އެފަދަ މަގާމުތަކުގައި ތިބި މީހުން އަދަދު ގިނަކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރަކީ ރާއްޖޭގެ ތާރީހުގައި މިއަދާއި ހަމައަށް ސިޔާސީ މަގާމުތައް އެންމެ ގިނަ ދައުރުކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، އެންމެ ސިޔާސީ މަގާމުތައް ގިނައީ އެ ދައުރުގައިކަމަށާއި ދައުލަތުގެ މާލިއްޔާތުން އެންމެ އިސްރާފު ގިނައީވެސް އެ ދައުރުގައިކަމަށެވެ. އަދި ދަރަނިތައްވެސް އެންމެ ބޮޑުވެގެންދިޔައީ އެ ދައުރުގައިކަމަށާއި ރައީސް ސާލިހަކީ 30 އަހަރުގެ ދަރަންޏާއި އެއްވަރުގެ ދަރަންޏެއް އުފެއްދެވުމުގެ ރެކޯޑު ހެއްދެވުމަށްފަހު ވެރިކަމުން ފައިބައިވަޑައިގެންނެވި ރައީސްއެއްކަމަށް އިޝާރާތްކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ސިޔާސީ މަގާމުތައް އިތުރުވެގެންދަނީ ވަކި މީހަކު ނޫނީ ވަކި ފިކުރެއް ވެރިކަމުގައި އޮވެގެން ނޫންކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު ނިޒާމު އޮތްގޮތުން އެކަން ކުރަން މަޖުބޫރުވެގެންދާކަމަށާއި އެހެންކަމުން ރައީސް ޑރ މުއިއްޒުވަނީ ގާނޫނަކުން އެ މަގާމުތަކުގެ އަދަދު ކަނޑައެޅުމަށް ނިންމަވާފައިކަމަށެވެ. އެހެންކަމުން ގާނޫނުގެ ދަށުން އުފެއްދޭނީ ވަކި އަދަދެއްކަން ރައްޔިތުންނަށްވެސް ސާފުވާނެކަމަށާއި އެއަށްވުރެ ގިނަ މީހުން ނެގުމަށް ރައީސްއަށް ހުއްދައެއް ނެތްކަން އެނގިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: