ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ފެން ނުލިބުނު ދަތިކަން ކުރިމަތިވޭ: ހިއުމަން ރައިޓްސް ވޮޗް

ރަށްތަކަށް ފެން ގެންދާ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ފެން ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން އާންމުކޮށްފައިވާގޮތުން ސަރުކާރުން އެކަށީގެންވާ މިންވަރަށް މަޝްވަރާނުކުރުމުގެ ސަބަބުންނާއި ބެލެހެއްޓުންތެރިކަން ކުޑަވުމާއި އިގްތިސާދީގޮތުން ދަތިތައް ހުރުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ފެން ލިބުމުގެ ދަތިތައް އެބެހުއްޓެވެ. އެހެންކަމުން މޫސުމީގޮތުން ކުރިމަތިވަމުންދާ ޖޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަސަރުތައް ފޯރާ ފަރާތްތަކުގެ ހައްގުތައް ރައްކައުތެރިކުރެވިގެންދާކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްތައް ކުރަންޖެހޭކަމަށް ހިއްސާކުރިއެވެ. އަދި އެކަންކަމުގެ ތެރޭގައި ނިޒާމު ބައްޓަންވެފައިވާގޮތުން ދިމާވާ ފެން ލިބުމުގެ ދަތިކަން ހައްލުކުރުން ހިމެނެން ޖެހޭކަމަށްވެސް ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނާގޮތުން މޫސުމީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ ފައިނޭންސް ހޯދުމަށްޓަކައި ރާއްޖޭގެ ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ނަމަވެސް އެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް މޫސުމީ ދަތިތައް ކުރިމަތިވެފައިވާ މީހުންނާއި އެކު މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ މިންވަރަށް މަސައްކަތްތައް ކުރެވިފައިނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ހާއްސަ ގޮތެއްގައި ބޮޑެތި ތަރައްގީކުރެވިފައިވާ ރަށްތަކާއި ދުރުގައި ދިރިއުޅޭ ރައްޔިތުންނާއި ނިންމުންތައް ނިންމުމުގެ ކުރިން އެކަށީގެންވާ މިންވަރަށް މުއާމަލާތް ނުކުރެވޭކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ބޭރުގެ އެހީއާއިއެކު ހިންގާ ފެނާއި ގުޅުންހުރި މަޝްރޫޢުތައް ރޭވުމާއި ތަންފީޒުކުރުން އަދި ބެލެހްޓުމުގައިވެސް ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ދުރު ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި މާލީ ތަނަވަސްކަން ކުޑަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުތައް ރައްކައުތެރި ކުރެވިފައިނުވާކަމަށެވެ.

ކުދި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އެކަށީގެންވާ މިންވަރަށް މަޝްވަރާ ނުކުރެވުމުގެ ސަބަބުން މުހިންމު ފެނުގެ މަޝްރޫޢުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިގެން ނުދާކަމަށްވެސް ސިފަކޮށްފައިވާއިރު އެކަމުގެ ސަބަބުން މޫސުމީގޮތުން އެންމެ ބޮޑަށް ދަތިތައް ކުރިމަތިވެފައިވާ ރައްޔިތުންގެ ދެމެހެއްޓިނިވިކަމަށް އަސަރުފޯރާކަމަށަށް ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު އެލެއިން ޕިއަރސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަންކަމުގެ ސަބަބުން ރާއްޖެއަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ކޮންމެހެންވެސް ބޭނުންވާ ފަންޑުތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޖޮންޖެހުންތައް ކުރިމަތިވާކަމަށެވެ.

އެ ޖަމިއްޔާއިން ބުނާގޮތުން މޫސުމީ ބަދަލުތަކުގެ އިތުރުން ރާއްޖޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބޮޑުވަމުންދާ އާބާދީގެ ސަބަބުން ސާފު ފެނުގެ ސަޕްލައިއަށް އަސަރުފޯރާކަމަށެވެ. އަދި އެއީ މިހާރުވެސް މަދު އެއްޗެއްކަމަށް ސިފަކޮށްފައިވެއެވެ. އަދި ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ގޮތުން ކަނޑު ލޮނުގަނޑު އުފުލިގެންދިއުމުގެ ސަބަބުން ހާއްސަ ގޮތެއްގައި ރާއްޖެއަށް ދަތިތައް ދިމާވާކަމަށާއި ކުއްލި ގޮތަކަށް މޫސުމަށް އަންނަ ބަދަލުތަކާއި ފެން ފަށަލަައަށް ލޮނުގެ އަސަރުކުރުމުގެ އިތުރުން ވިއްސާރަ ކުރާ އާންމު ދުވަސްވަރުތަކަށް ބަދަލު އައުންވެސް މިހާރު ފާހަގަކުރެވޭކަމަށެވެ.

އެހެންކަމުން މި ދަތިތަކުގެ އިތުރުން އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު ތަރައްގީ ކުރެވިފައި ނެތުމުން އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުގައި ފެނުގެ ދަތިކަން ކުރިމަތިވާކަން ފެނިގެންދާކަމަށް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: