ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އެއާޕޯޓުން ބެންގަލޫރަށް މޯލްޑިވިއަންގެ އުދުހުންތައް ފުޅާކޮށްފި!

ފޮޓޯ: ސައިފް ޒަމާން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ އުދުހުންތައް ފަށައިފިއެވެ.

މި އުދުހުންތަކުގެ ތެރެއިން ހަފްތާއަކު ދެ ދަތުރު ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަން އިން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ، މި އުދުހުންތައް ކުރިޔަށް ގެންދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ބުރާސްފަތި ދުވަހުކަމަށެވެ. މި އުދުހުންތައް ފުޅާކުރުމުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ފަސިންޖަރުންނަށް މާލެއިން ޓްރާންސިޓްކުރަންނުޖެހި، ސީދާ ބެންގަލޫރަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

”ބެންގަލޫރަކީ ދިވެހިން އާންމުކޮށް، ސިއްހީ ފަރުވާއާއި، ތައުލީމާއި، ވިޔަފާރީގެ އިތުރުން ޗުއްޓީއަށް ދަތުރުކުރާ މަންޒިލެއް،“ މޯލްޑިވިއަން އިން މިކަން އިއުލާނުކުރަމުން ބުނެފައިވެއެވެ. އަދި މި އައު ރޫޓާއެކު އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ އުތުރަށް ސީދާ ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މުސްތަގުބަލުގައިވެސް އެއާލައިންގެ އުދުހުންތަކުގެ ވިއުގަ އިތުރަށް ފުޅާކުރުމަށް ރޭވިފައިވާކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ. މިގޮތުން ދަތުރުތަކަށް އޮތް ޑިމާންޑާއި ގުޅުންތައް ބަދަހިކުރުމަށްޓަކައި މާކެޓް ދިރާސާތައް ކުރިޔަށް ގެންދާނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މޯލްޑިވިއަންގެ އުދުހުންތައް ސީދާ އިންޑިއާއަށް ފުޅާކުރުމަކީ، އިންޑިއާ މާކެޓުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މީގެ އިތުރުން ޑޮމެސްޓިކް ޓޫރިޒަމް ފުޅާކޮށް، އުތުރުގެ ރަށްތަކަށް ފަތުރުވެރިން ދަތުރުކުރާ މިންވަރު އިތުރުކުރުމަށްވެސް މި އުދުހުންތަކުން މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: