ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ފުޓުބޯޅަ ޓީމަށް ކާމިޔާބީއަށް އެދެން: ރައީސް

ރައީސުލްޖުމަްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

19 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުން ސާފު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިންޑިއާއާ ކުޅެން ތައްޔާރުވަމުންދާއިރު، ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ޕޯސްޓެއް ކުރައްވައިފިއެވެ.

މޭ 16 ވާ ހުކުރު ދުވަހުގެ އިރުއޮއްސި 7:00 ގައި ކުޅެން ހަމަޖެހިފައިވާ މި މެޗާ ގުޅޭގޮތުން ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ”މުޅި ވަތަން އޮތީ ޒުވާން ޓީމާއެކު“ ކަމަށެވެ. އަދި ގައުމީ ލޯތްބާއެކު، އެ ޓީމުން ކުރާ ހިތްވަރަށް އައްސަރިބަހާއި ސާބަސް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ސާފު ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ދިވެހި ޓީމުން ވަނީ ބޫޓާނާ ކުޅެ، ލަނޑު އެއްވަރުވެފައިވީ ނަމަވެސް، ޕޮއިންޓުން މޮޅުވެ ސެމީ ފައިނަލަށް ގޮސްފައެވެ. މި މުބާރާތުގައި ދިވެހި ޓީމުން ދައްކަމުންދާ ރީތި ކުޅުމާއި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތަޢުރީފު ލިބެމުންދެއެވެ.

ރައީސް މުއިއްޒު ވަނީ ސާފު ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ. އަދި މުޅި ގައުމުގެ ހިތްތައް މިވަގުތު އޮތީ ޒުވާން ކުޅުންތެރިންނާއެކު ކަމަށް ފާހަގަކުރައްވައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: